Support Us

ލަންކާގެ ޕާލިމެންޓަރީ އިންތިހާބުގެ ވޯޓުލުން ފަށައިފި

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްރީލަންކާގެ ޕާލިމެންޓަރީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް އެބަ ދެ އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 16 މިލިއަން މީހުންނަށް ލިބިގެންވާއިރު، ވޯޓުލުން ކުރިއަށް ދަނީ ކޮވިޑް-19އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކަށް ދާއިރު މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން ލާޒިމްކުރުމުގެ އިތުރުން، އެ ސަރަހައްދުތަކުގައި ހުން ބެލޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ޗެއާމަން މަހިންދަ ދޭޝަޕްރިޔާ ވިދާޅުވި ގޮތުގައި ވޯޓުލާ ސަރައްދުން ކޮވިޑް-19ގެ ޖެހުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ. އަދި އެ ސަރައްދުތަކަކީ އެއްކޮށް "ކޮރޯނާ ފްރީ" ޒޯންތަކެއް ކަމަށާއި، ގޮނޑުދޮށްތަކާއި ރެސްޓޯރަންޓުތަކަށްވުރެ ވޯޓުލާ ސަރަހައްދުތައް ރައްކާތެރިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި ވޯޓު ގުނުމުގެ ކަންތައްތައް މާދަމާގެ ނިޔަލަށް ނިމި، ވޯޓުގެ ނަތީޖާ އެރޭ ނުވަތަ ހުކުރު ދުވަހު އިޢުލާންކުރާނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *