Support Us

ބެއިރޫތު ހާދިސާއަކީ ބޮމުގެ ހަމަލާއެއް ކަމަށް ވިދާޅުވުމުން ޓްރަމްޕަށް ފާޑުކިޔުން

ބެއިރޫތުގައި ހިނގި ހާދިސާއަކީ ބޮމުގެ ހަމަލާއެއް ކަމަށް ވިދާޅުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގު ކުރިން ޓްރަމްޕް ވަނީ ލުބުނާނުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. ބެއިރޫތުގައި ހިނގި ގޮވުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކާ ކަމަށާއި، ލުބުނާނަށް އެހީތެރިވުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ވަރަށް ނުރައްކާތެރި "ހަމަލާ"އެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވުމުން، އެއީ ހަމަލާއެއްކަން ޔަޤީންތޯ ރިޕޯޓަރެއް ވަނީ ސުވާލުކޮށްފަ އެވެ. އަދި ޖަވާބުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ލުބުނާނުގެ ގޮވުމާ ގުޅިގެން އެމެރިކާގެ ބައެއް އަސްކަރީ ލީޑަރުންނާ ބައްދަލުކުރައްވާފައި ކަމަށާއި، އެބޭފުޅުން ދެކޭގޮތުގައި އެ ހާދިސާއަކީ ބޮން ޒާތެއްގެ އެއްޗެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.

ބެރިރޫތުގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާއަކީ ބަޔަކު ގަސްތުގައި ދީފައިވާ ބޮމުގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެތައް ބަޔަކު ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެފަދަ ވާހަކައެއް ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލެއް ވިދާޅުވެފައިވާ ކަމަށް ސީއެންއެން އިން ބުނެ އެވެ.

ބެއިރޫތުގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެ، 4000 މީހުން ޒަޚަމްވެފައިވާއިރު، 300،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *