Support Us

އަޔޯދިޔާގެ ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅިއެއްގެ ބިންގާ އަޅައިފި

އިންޑިއާގެ އަޔޯދިޔާގެ ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅިއެއް އެޅުމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ބިންގާ އަޅުއްވައިފި އެވެ.

ފައްޅީގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ބީޖޭޕީ ޕާޓީގެ އިސް މެމްބަރުން ހިމެނެ އެވެ. އަޔޯދިޔާ ރާމް ފައްޅީގެ ބިންގަލެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ރިހިން ހަދާފައިވާ 40 ކިލޯގެ ގަލެކެވެ. މި ފައްޅި އިމާރާތްކުރުމަށް ތިން އަހަރާއި ހަ މަސް ހޭދަވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

މިއީ ތާރީޚީ ދުވަހެއް ކަމަށާއި، މި ދުވަސް ހަޤީޤަތަކަށް ވާތަން ދެކެން އިންޑިއާގެ އެތައް މިލިއަން ބައެއް އެތައް އަހަރެއް ވަންދެން އުއްމީދުކޮށްފައިވާ ކަމަށް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ ވިދާޅުވެފަ އެވެ.

ހަރުކަށި ހިންދޫ ރައްޔިތުންތަކެއް ވެގެން 1992 ވަނަ އަހަރު ތަޅާ ސުންނާފަތި ކޮށްލި ބާބްރީ މިސްކިތުގެ މައްސަލާގައި ހިނގި ހަމަނުޖެހުންތަކުގައި ދެހާހެއްހާ މުސްލިމުން ވަނީ މަރުވެފަ އެވެ. ހިންދޫން ބުނާގޮތުގައި މިސްކިތް އަޅާފައި ވަނީ އެމީހުންގެ "ރާމް ކަލާނގެ" އުފަންވި ބިމުގަ އެވެ. އެތައް އަހަރެއް ވަންދެން ކުރިއަށް ގޮސްފައިވާ މި މައްސަލާގެ ޝަރުޢީ މަރުހަލާ ނިމި، މިދިޔަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެ ބިން ހިންދޫންނަށް ދޭން ހުކުމްކޮށްފަ އެވެ. އަދި ބަދަލުގައި މުސްލިމުން މިސްކިތެއް ބިނާކުރުމަށް އެ ސަރަހައްދުން އެހެން ބިމެއް ވަނީ ދީފަ އެވެ.

އިންޑިއާގެ ފައްޅިތަކާއި މިސްކިތްތަކުގެ މައްސަލައަކީ އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނާއި ހިންދޫންނާ ދެމެދު އެތައް އަހަރެއްސުރެ ދެބަސްވުން އުފެދިފައިވާ މައްސަލައެކެވެ. އަދި މިއަދު ބިންގާ އެޅުނު ފައްޅީގެ ސަބަބުން އުއްތަރު ޕްރަދޭޝްގައި ހުރި އިތުރު ދެ މިސްކިތެއް ހުރި ބިމުގައި ފައްޅިއަޅަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރުހީވެފައިވާކަން އެ ޤައުމުގައި ދިރިއުޅޭ މުސްލިމުން ވަނީ ފާޅުކޮށްފަ އެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

މުސްލިމުންނާ ދެކޮޅު ގިނަ ހަރަކާތްތަކެއް އިންޑިއާގައި ހިންގަމުން ގެންދެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *