Support Us

ބެއިރޫތުގެ ގޮވުމުގެ ހާދިސާގެ ފަހަތުގައި ތިބި ބަޔަކު ޒިންމާ ކުރުވާނަން: ބޮޑުވަޒީރު

ބެއިރޫތުގެ ގޮވުމުގެ ހާދިސާގެ ފަހަތުގައި ތިބި ބަޔަކު ޒިންމާ ކުރުވާނެ ކަމަށް ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިއާބް ވިދާޅުވެއްޖެ އެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގެ ސަރަހައްދުގައި ރޭ ހިނގި މި ނުރައްކާތެރި ހާދިސާގައި މިހާތަނަށް 73 މީހުން މަރުވެ، 3700 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރެ އެވެ.

މި ހާދިސާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ދިއާބް ވިދާޅުވީ، މި ހާދިސާ ހިނގި ސަރަހައްދުގައި ނުރައްތާކެރި ގޮވާތަކެތި ރައްކާކޮށްފައިވާ ގުދަނެއް ހުރި ކަމަށެވެ.

"ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގައި ހުރި މި ނުރައްކާތެރި ގުދަނާ ބެހޭ މަޢުލޫމާތު އިޢުލާން ކުރެވިގެންދާނެ. މިކަމުގެ ފަހަތުގައި ތިބި މީހުންނާމެދު ފިޔަވަޅު އަޅާނަން،" ޓީވީ މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިއާބް ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން އެތައް ޤައުމަކުން ދަނީ ބެއިރޫތަށް އެހީވުމަށް ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ފަރަންސޭސްވިލާތް، އީރާން، ޤަތަރު، ކެނެޑާ އަދި ތުރުކީގެ އިތުރުން، މި ހަމަލާގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ އިޒްރޭލު ވެސް ހިމެނެ އެވެ. މި ހާދިސާއާއި ގުޅިގެން ލުބުނާނުން ވަނީ ބައިނަލްއަޤުވާމީ އެހީއަށް އެދިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *