Support Us

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި، އެތައް ބަޔަކަށް އަނިޔާވެއްޖެ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.

ބެރިރޫތުގެ ބަނދަރު ސަރަހައްދުގައި ރޭ ހިނގި މި ހާދިސާގައި އެ ސަރަހައްދަށް ބޮޑުތި ގެއްލުންތަކެއްވެ، އާންމުންގެ ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާ ކަމަށާއި، ހޮސްޕިޓަލުތަކުގައި މީހުން ފުރެމުންދާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

އެ ހާދިސާގައި މަރުވި 10 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް ރޮއިޓަރޒް އިން ވަނީ ރިޕޯޓުކޮށްފަ އެވެ. މިއީ ކިހިނެއްވެގެން ގޮވި ގޮވުމެއް ކަމެއް އަދި ހޯދިފައި ނުވާއިރު، މި ގޮވުމުގެ ސަބަބުން ބެއިރޫތުގެ ވަރަށް ބޮޑު ސަރަހައްދަކަށް ލޮޅުން އަރާފައިވާ ކަމަށް ވެސް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ. އަދި މި ގޮވުމުގެ ސަބަބުން ވަރަށް ގިނަ އިމާރާތްތަކެއްގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފަ އެވެ.

"އަލިފާންގަނޑު އެރިތަން އަހަންނަށް ފެނުން. އެކަމަކު ގޮވުމެއް ގޮވާނެ ކަމަށް ހީވެސް ނުކުރަން. ކުއްލިއަކަށް ބާރުގަދަ ގޮވުމާއެކު އަހަރެންގެ ކަންފަތް އެއްކޮށް ބަންވި. ދެން ފެނުނީ ވަށައިގެން ހުރި ކާރުތަކުގެ ބިއްލޫތިތަކާއި އެ ސަރައްދުގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔަތަން،" ހާދިސާ ހިނގި ވަގުތު އެ ސަރަހައްދު ކައިރީގައި ހުރި މީހެއް ބީބީސީ އަށް ކިޔައި ދިނެވެ.

މި ހާދިސާއާ ގުޅިގެން ވެރިރަށް ބެރިރޫތު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *