Support Us

އިންޑިއާއާ އަޅާބަލާއިރު އެމެރިކާގައި ކޮވިޑްގެ ހާލަތު މާބޮޑަށް ވެސް ރަނގަޅު: ޓްރަމްޕް

އިންޑިއާއާ އަޅާބަލާއިރު އެމެރިކާގެ ކޮވިޑް-19ގެ ހާލަތު މާބޮޑަށް ވެސް ރަނގަޅު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިންޑިއާ އާއި ޗައިނާ ފަދަ އާބާދީ ބޮޑު ޤައުމުތަކާއި އަޅާ ބަލާފައި އެމެރިކާގެ ހާލަތު މާބޮޑަށް ވެސް ރަނގަޅު ކަމަށާއި، އިންޑިއާއަށް މިހާރު އޮތީ ބޮޑު މައްސަލައެއް ކުރިމަތިވެފައި ކަމަށެވެ. އަދި ޗައިނާގައި އަނެއްކާ ވެސް ވަނީ ކޮވިޑް-19 ބާރުދުވެލީގައި ފެތުރެން ފަށާފަ އެވެ.

"އެމެރިކާގައި 60 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޓެސްޓު ކޮށްފަ. އެހެން އެއްވެސް ޤައުމެއް އެ އަދަދާ ގާތްވެސް ނުކުރޭ،" ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕު ވިދާޅުވި އެވެ.

އިންޑިއާގައި އެއް ދުވަސް ތެރޭގައި 52،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ޤައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1.86 މިލިއަނަށް އަރާފަ އެވެ. އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 4.8 އަރާފައިވާއިރު މި ބަލީގައި މިހާތަނަށް އެ ޤައުމުން 158،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *