Support Us

މި ހަފުތާގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖައްސަވައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މި ހަފުތާއި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ކުރިން އޮތީ އީދު ބަންދަށްފަހު މާދަމާ އަލުން އޮފީސްތައް ހުޅުވާ ގޮތަށެވެ.

ރައީސް އޮފީހުން މިރޭ ނެރުނު "ދެންނެވުމެއް"ގައި ބުނީ އަންގާރަ ދުވަހުން ފެށިގެން ހަފުތާގެ ނިޔަލަށް މުވައްޒަފުން، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށެވެ.

ކޮވިޑް19 ބާރު ސްޕީޑުގައި ފެެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ރައްޔިތުން އަމަލް ކުރަމުން ގެންދިއުމަށާއި ދެވަނަ ލޮކްޑައުންއަކަށް ދިއުމަކީީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަަދަދު އިތުރުވަމުންދާ ސްޕީޑް ކޮންޓްރޯލް ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ބަލިފެތުރޭ މިންވަރު ދަނީ އިތުރުވަމުން. ބޭރުތެރޭގައި އުޅުއްވާއިރު މާސްކް އަޅުއްވާ. އެޗްޕީއޭގެ އެންގުންތަކަށް އަމަލް ކުރައްވާ. ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫން،" ރައީީސްް ސޯލިހު ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

ކޮވިޑް ބަލި ޖެހޭ މިންވަރު މި އޮގަސްޓް މަހުގެ ތެރޭގައި އިތުރުވެ، އިއްޔެ އެކަނިވެސް އެ ބައްޔަށް 215 މީހުން ވަނި ޕޮޒިޓިވްވެފަ އެވެ. ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހަކަށް ބަލި ޖެހޭނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4164 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1489 އެބައުޅެ އެވެ.

މިބަލި ޖެހިގެން މިހާތަނަށް 2643 މީހުން ރަނގަޅު ވެފައިވާއިރު 84 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ. އޮގަސްޓް މަހުގެ ފުރަަތަމަ ދުވަހު މި ބައްޔަށް 153 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިބަލި ޖެހިގެން މިހާތަނަށް 18 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *