Support Us

އަމީތާބު ކޮވިޑުން ރަނގަޅުވެގެން ގެޔަށް

މުމްބާއީ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާދެމުން ގެންދިޔަ ބޮލީވުޑްގެ މަޝްހޫރުތަރި އަމީތާބު ބަޗަން ރަނގަޅުވެގެން ގެޔަށް ދޫކޮށްލައިފި އެވެ.

އަބީޝޭކް ބަޗަން އޭނާގެ ޓުވިއާ އެކައުންޓްގައި ބުނެފައި ވަނީ އޭނާާގެ ބައްޕަ ކޮވިޑް19 އަށް ނެގެޓިވްވެފައިވާ ކަމަށާއި މިއަދު ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގޮސްފައިވާ ކަަމަށެވެ.

"އެންމެ ފަހުން ހެދި ޓެސްޓް ނެގަޓިވްވެ ބައްޕަ މިހާރު ވަނީ ގެއަށް ދޫކޮށްލައިފަ،" އަބީކޭޝް ޓުވިޓްގައި ބުނެފައިވެ އެވެ.

އަމީތާބު ކޮވިޑުން ރަނގަޅުވެގެން ގެއަށް ދޫކޮށްލި ނަމަވެސް އަބީޝޭކްއަށް އަދިވެސް ގެންދަނީ މުމްބާއީގެ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންނެވެ. މިދިޔަ ހަފްތާގައި އަބީޝޭކްގެ އަންހެެނުން އަދި ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީީ ބަޗަން އާއި އޭނާގެ އަށް އަހަރުގެ އަންހެން ދަރިިފުޅު އަރާދިޔާ ބަޗަން ވެސް ވަނީ ކޮވިޑް19 އަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފަ އެވެ.

ކޮވިޑް19 އަށް އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ހައިޕްރޮފައިލް ބަޔަކީ ބަޗަން އައިލާ އެވެ. އާބާދީގައި 1.3 ބިިލިއަަން މީހުން ހިމެނޭ އިންޑިޔާއަކީ ތިން ވަނަ އަަށް މިބަލި އެންމެ ގިނައިން ޖެހޭ މީހުން ތިބި ގައުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް