Support Us

ދޮގު ޚަބަރުފަތުރާ 12 އެކައުންޓެއް ފޭސްބުކުން ބްލޮކްކޮށްފި

ބްރެޒިލްގެ ރައީސަށް ތާއީދުކުރާ ބަޔަކު ދޮގު ހަބަރު ފަތުރާ ކަމަށް ތުޙުމަތުކުރެވޭ 12 އެކައުންޓެއް ފޭސްބުކުން ބްލޮކްކޮށްފި އެވެ.

މިކަމާ ގުޅިގެން ފޭސްބުކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 12 އެކައުންޓު ބްލޮކް ކޮށްފައިވަނީ ބްރެޒިލްގެ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ބްރެޒިލްގެ ރައީސް ޖައިރ ބޮލްސޮނާރޯ އަށް ތާއީދުކުރާ ބަޔަކު އުފައްދާފައިވާ މި އެކައުންޓުތައް ބްލޮކް ކޮށްފައިވަނީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ކަމަށް މި ބަޔާނުގައި ވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑްރާ ޑި މޮރޭޒް ވިދާޅުވި ގޮތުގައި އެ އެކައުންޓުތައް އުވާލުމަށް މީގެ ކުރިން ކޮށްފައިވާ އަމުރާއި އެއްގޮތަށް އަމަލު ކުރުމަށް ފޭސްބުކުން ވަނީ ނުކުޅެދިފަ އެވެ. އަދި ބްރެޒިލުން ބޭރުގެ ސަރަހައްދުތަކަށް ރެޖިސްޓްރޭޝަން ބަދަލުކޮށްގެން، އެ އެކައުންޓުތައް ހިންގާ ފަރާތްތަކުން އޮންލައިން ވެފައިވާ ކަމަށް ވެސް މޮރޭޒް ވިދާޅުވި އެވެ.

މޮރޭޒް ވިދާޅުވި ގޮތުގައި ކޯޓުން ކުރިން އިއްވާފައިވާ ނިމްމުމަށް ފާއިތުވި އަށް ދުވަހުގެ ތެރޭގައި އިޖާބަދީފައި ނުވާތީ، ޕެނަލްޓީއެއްގެ ގޮތުން ފޭސްބުކުން 367،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ފޭސްބުކުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ބްރެޒިލް ކޯޓުގެ މި ނިންމުމަށް އިޖާބަދޭން އެ ކުންފުނިން ނިންމާފައިވަނީ އެ އެކައުންޓުތަކުގެ ސަބަބުން އެ ޤައުމުގެ މުވައްޒަފަކަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް ކޯޓުން ނެރުނު އަމުރަކީ ހައްދުފަހަނަ އެޅުމުގެ މިސާލެއް ކަމަށާއި، އެ ފަދަ އަމުރެއްގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބުރޫ އަރާނޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ބްރެޒިލްގެ ކޯޓުން ކުރިން ނެރިފައިވާ އަމުރަށް ކިޔަމަންވެފައިވާނޭ ކަމަށާއި، އެ އަމުރުގައި ބުނެފައިވާ ގޮތުން ބްރެޒިލްގެ އައިޕީ އެޑްރެސް އެއް ބޭނުންކުރާ އެއްވެސް ފަރާތަކަށް އެ އެކައުންޓުތައް ނުފެންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފޭސްބުކްގެ އިތުރުން ރައީސް ބޮލްސޮނާރޯއަށް ތާއީދުކުރާ ފަރާތްތަކުން ހިންގާ "ފޭކް" އެކައުންޓުތައް ޓްވިޓަރ އިން ވެސް ބްލޮކް ކުރުމަށް މޮރޭޒް ވަނީ އެދިވަޑައިގެންފަ އެވެ. މިކަމާ ގުޅިގެން ރައީސްގެ ސަޕޯޓަރުން ދަނީ ސުޕްރީމް ކޯޓުގެ ނިންމުމާމެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި ރައީސް ބޮލްސޮނާރޯ ވެސް ވަނީ އެ އެކައުންޓުތައް އަނބުރާ އަންބްލޮކް ކުރުމަށް ގޮވާލާ، ކޯޓުގެ ނިންމުމާ ދެކޮޅަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *