Support Us

ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާލާ އެތައް ހާސް ބަޔަކު މަގުތަކަށް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އިސްތިޢުފާ ދިނުމަށް ގޮވާލާ، އެ ޤައުމުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެއްޖެ އެވެ.

ޖެރުސަލެމްގައި ހުންނަ ނަތަންޔާހޫގެ ރަސްމީ ގޭގެ ކުރިމަތީގައި ރޭ ކުރި މުޒާޚަރާގައި 10 ހާހެއް މީހުން ބައިވެރިވެފައިވާއިރު، މިއީ 2011 ވަނަ އަހަރަށް ފަހު އިޒްރޭލުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

ނަތަންޔާހޫ އިސްތިޢުފާ ދިނުމަށް ގޮވާލާފައި ވަނީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކަމަށާއި، މީގެ އިތުރުން ވެސް ކޮވިޑް-19 އާ ދެކޮޅަށް އިޒްރޭލުގައި އަޅާފައިވާ ފިޔަވަޅުތައް ފެއިލްވެފައިވާތީ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. މުޒާހަރާގައި ބައިވެރިވި މީހުން ބުނާގޮތުގައި ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ޝަރީޢަތް ކުރިއަށް ދާއިރު އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމުގައި ނަތަންޔާހޫއަށް ހުރެވިގެންނުވާނެ އެވެ. މުޒާހަރާ ކުރި މީހުންގެ ބައެއް ޕޯސްޓަރުތަކުގައި "ކްރައިމް މިނިޓަރ"، "ބީބީ ގޯ ހޯމް' ފަދަ ލިޔުންތައް ހުއްޓެވެ.

ނަތަންޔާހޫއާ ދެކޮޅަށް ކުރާ މުޒާހަރާތައް ގިނަ ދުވަސްތަކަށް ދެމިގެން ގޮސްފައިވާއިރު، ނަތަންޔާހޫ ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތަކަކީ ބަޔަކު ރާވައިގެން އޭނާއާ ދެކޮޅަށް ކުރާ މުޒާހަރާތަކެއް ކަމަށެވެ. އަދި އިޒްރޭލުގެ ދެ ޓީވީ ސްޓޭޝަނަކުން މި މުޒާހަރާތައް ހިލޭ ކަވަރުކޮށްދޭ ކަމަށް ބުނެ، އެފަރާތްތަކުން މިފަދަ މުޒާހަރާތައް ޕްރޮމޯޓުކުރާ ކަމަށް ތުޙުމަތުކޮށް، އޭނާގެ ލިކުޑް ޕާޓީން ވަނީ ބަޔާނެއް ނެރެފަ އެވެ.

ސުލްހަވެރި މުޒާހަރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި މުޒާހަރާތަކުގައި ފަހަކަށް އައިސް އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވާ ކަމަށް އިޒްރޭލުގެ ފުލުހުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *