Support Us

10,000 އަހަރުވީ ވުލީ މެމޮތެއްގެ ކަށިތަކެއް ފެނިއްޖެ

ގެއްލުމެއް ނުވާ ގޮތަށް ރައްކާކޮށްފައިވާ 10،000 އަހަރުވީ ވުލީ މެމޮތެއްގެ ކަށިތަކެއް ސައިބީރިޔާއިން ފެނިއްޖެއެވެ.

އެސޯޝިއޭޓެޑް ޕްރެސް ނޫސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މި ކަށިތައް ފެނިފައި ވަނީ ސައިބީރިޔާގެ އުތުރުގައި އޮންނަ ފެންގަނޑަކުންނެވެ. ފެނިފައިވާ ކަށިތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑުގެ ބަޔަކާއި މޭ ކަށިތަކަކާއި ދަތްދޮޅި ކަށިގަނޑަކާއި ފައިގެ ކަށިގަނޑެއް ހިމެނެއެވެ. މީގެ ބައެއް ކަށިތަކުގައި ހަމާއި ލިގަމެންޓް ވެސް ހުއްޓެވެ. ރަޝިއާގެ ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދުން އެ ޖަނަވާރުގެ އިތުރު ބައިތައް ފެނޭތޯ އެވެ.

ސައިންޓިފިކް ސެންޓަރ ފޮރ އާކްޓިކް ސްޓަޑީޒްގެ ޑިރެކްޓަރ ޑިމީޓްރީ ފޮލޯވް ވިދާޅުވި ގޮތުގައި މި މެމޮތުގެ ކަށިތަކަށް 10،000 އަހަރު ވެފައިވާ ކަމަށް ބެލެވުނު ނަމަވެސް، އޭތި ދުނިޔޭގައި ދިރިއުޅުނީ ކިހާ ދުވަހެއް ވަންދެން ކަމެއް ނުވަތަ މަރުވެފައި ވަނީ ކޮން އުމުރެއްގައި ކަމެއް އަދި ހޯދިފައެއްނުވެ އެވެ.

ސައިބީރިއާ ސަރަހައްދަކީ މިފަދަ ދުވަސްވީ ޖަނަވާރުގެ ބައިތައް ވަރަށް ގިނައިން ފެނިފައިވާ ސަރަހައްދެކެވެ. ރަޝިއާގައި މީގެ ކުރިންވަނީ 30،000 އަހަރު ވެފައިވާ މެމޮތެއްގެ ކަށިތަކެއް ވެސް ފެނިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *