Support Us

އޮކްޓޫބަރު މަހު ރަޝިއާގައި ކޮވިޑް ވެކްސިން ދެނީ

ރަޝިއާގައި ކޮވިޑް-19 އަށް އުފެއްދި ވެކްސިން އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި އާންމުންނަށް ދޭން ފަށަން ހަމަޖައްސައިފި އެވެ.

ރަޝިއާގެ ހެލްތު މިނިސްޓަރު މީކާއިލް މުރަޝްކޯއާ ހަވާލާދީ އެ ޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނިގޮތުގައި އެންމެ ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ ޑޮކްޓަރުންނާއި ޓީޗަރުންނަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ޤައުމުގެ ގަމަލެޔާ އިންސްޓިޓިއުޓުން އުފެއްދި ވެކްސިންގެ ތަހުލީލީ މަރުހަލާ ނިމި، ވެކްސިން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ނިމިފައިވާ ކަމަށް ވެސް މުރަޝްކޯ ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާއިން އުފެއްދި ވެކްސިންގެ ރައްކާތެރިކަމާ މެދު ކަމާބެހޭ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ މި ވެކްސިންގެ ދޫކުރަން ފަށަނީ އެކަށީގެންވާ ވަރަށް ތަޙުލީލު ނުކޮށް ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރައްކާތެރި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާއިރު، މިހާތަނަށް 20 އަށްވުރެ ގިނަ ވެކްސިންގެ ކްލިނިކަލް ޓްރައިލްތައް ވަނީ ފަށައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *