Support Us

މިންގަނޑާ ޚިލާފުވެގެން 40 ތަނެއް ބަންދުކޮށްފި

އެޗްޕީއޭގެ މިންގަނޑާ ޚިލާފުވެގެން، އާންމުނަށް ހިދުމަތްދޭ 40 ތަނެއް ބަންދުކޮށްފި އެވެ.

ކޮވިޑް19 ގެ ލޮކްޑައުންއަށް ފަހު ދޭން ފެށި ލުއިތަކާ ގުޅިގެން ބާރު ސްޕީޑްގައި މި ބަލި ފެތުރެން ފަށާފައިވާތީ، އާއްމުންނަށް ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމަށް ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފަށާފައިވާ މަސައްކަތުގެ ދަށުން ބަލައި ފާސްކުރި 189 ތަނުގެ ތެެރެއިން އިއްޔެ ބަންދުކޮށްފައި ވަނީ 16 ރެސްޓޯރެންޓަކާއި 14 ފިހާރައަކާއި 9 ބޯކޮށާ ތަނެއްގެ އިތުރުން އެއް މާރުކޭޓް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަލި ފެތުރެމުންދާ މިންވަރުު އިތުރުވަމުންދާ ނަމަ، ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދެވަނަ ލޮކްޑައުން އަކަށް ނުގޮސް، މިހާރު ދީފައިވާ ލުއިތަކާ އެކު ކުރިއަށް ދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް19 ފެތުރެން ފެށުމާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި ދެ މަސް ދުވަހު ބޭއްވުމަށް ފަހުު މިދިޔަ މަހު ލުއިތަކެއް ދޭން ފެށި ފަހުން މިބަލި ފެތުރެމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެެ ނަމަ އޮގަސްޓް މަހު އެކަނި ވެސް 2373 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވާނެ ކަމަށް ނޭޝަަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހަދާފައިވާ ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެގޮތުން މިއަދު ވެސް ވަނީ އިތުރު 153 މީހުން ބައްޔަަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *