އީދު ދުވަހު ޖަނަވާރުން ކަތިލުމުގެ ބަދަލުގައި މުސްލިމުން ކަތިލަންވީ އެމީހުން އަމިއްލަ ދަރިން ކަމަށް އިންޑިއާގެ ބީޖޭޕީ ޕާޓީގެ އިސް މެމްބަރެއް ކަމަށްވާ ނަންދް ކިޝޯރު ގުރުޖާރު ބުނެފި އެވެ.
"އީދު ދުވަހު އެއްޗެއް ޤުރުބާން ކުރަން ބޭނުން ނަމަ އަމިއްލަ ދަރިން ޤުރުބާން ކުރޭ. ލޯނީގައި ދިރިއުޅޭ އެއްވެސް ބަޔަކަށް ޖަނަވާރުގެ މަސް ކައި، ރާ ބުއުމުގެ ފުރުސަތެއް ނުދެވޭނެ. ޖަނަވާރުންގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރޭ. އެހެންކަމުން ކުށެއް ނެތް ޖަނަވާރުން ކަތިލިޔަކަ ނުދޭނަން. ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ލަނބައި، ފައްޅިތަކާއި މިސްކިތްތަކުގައި ރައްޔިތުން ނަމާދު ކޮށްފައި ނުވާ ފަދައިން އީދު ދުވަހު ޖަނަވާރު ވެސް ކަތިލައިގެން ނުވާނެ."
މި ފަދަ ވާހަކަތަކެއް ދެއްކުމުން އިންޑިއާގެ ގިނަ ބަޔަކު ވަނީ ގުރުޖާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ.