Support Us

ކޯވިޑް ޖެހިފައިވާ މީހުން ދެނެގަތުމަށް ކުއްތާ ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ކޯވިޑް ޖެހިފައިވާ މީހުން ދެނެގަތުމަށް ކުއްތާތަކެއް ތަމްރީނުކޮށްފި

ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ޖަރުމަނުގައި ކުއްތާ ތަކެއް ތަމްރީނު ކޮށްފިއެވެ.

ޖަރުމަނުގެ ސިފައިންގެ ލަޝްކަރު ތަކުގައި ހިމެނޭ އަށް ކުއްތާ ވަނީ އެއް ހަފުތާ ވަންދެން މިކަމަށް ތަމްރީނު ކޮށްފައެވެ. އެ ކުއްތާ ތަކަށް މިހާރު ކޮރޯނާ ވައިރަސް ދެނެގަނެވެއެވެ.

އިންސާނުންގެ ގައިން ނަގާފައިވާ ކޯވިޑް-19ގެ ސާންޕަލް އިތުބާރާއި ޔަގީން ކަމާއެކު ކުއްތާއަށް ދެނެގަނެވިފައިވާ ކަމަށް ޔުނިވަރސިޓީ އޮފް ވެޓިނަރީ މެޑިސިން ހެނޯވަރގެ ސައިންސްވެރިންގެ ހޯދުނ ތަކުން ވަނީ ދައްކާ ފައެވެ.

ޖަރުމަނުގެ ދިފާޢީ ވަޒީރު އަނެގްރެޓް ވިދާޅުވީ އެއީ ފާއިތުވެދިޔަ ހަފުތާތަކާއި މަސްތަކުގެ ތެރޭގައި ސިފައިންނާއި ޔުނިވަރސިޓީ އޮފް ވެޓިނަރީ މެޑިސިން ހެނޯވަރ އާއި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މަސްތުވާ ތަކެއްޗާއި ބޮން ފަދަ ގޮވާ ޒާތުގެ ތަކެތި ހޯދުމަށް ބޭނުންކުރާ ކުއްތާ މީގެ ކުރިން ވަނީ ކެންސަރު ބައްޔާއި ހަކުރު ބަލި ދެނެގަތުމަށް ބޭނުން ކޮށްފައެވެ. ކުއްތާގެ ވަސް ބެލުމުގެ ހިއްސު އިންސާނުންނަށް ވުރެ 1000 ގުނަ ބާރު ގަދައެވެ.

އެ ކުއްތާތައް އެއާޕޯޓް ތަކާއި ބޯޑަރު ހުރަސް ކުރާ ސަރަހައްދު ތަކާއި ކުޅިވަރު ކުޅޭ ތަންތަނުގައި ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ބޭނުން ކުރެވޭނެެެވެ.

ފްރާންސާއި ފިންލޭންޑާއި އަދި އިނގިރޭސި ވިލާތުގައި ވެސް ދަނީ މިހާރު އެކަމަށް ދިރާސާތައް ކުރަމުންނެވެ.

ޖަރުމަނުގައި މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުން ކޯވިޑް-19 އަށް ފައްސިވެފައިވާއިރު 9000 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް