Support Us

ގޮރިއްލާއެއް މަރާލި މީހަކު 11 އަހަރަށް ޖަލަށް

ޔޫގަންޑާގައި ގޮރިއްލާއެއް މަރާލ މީހަކު 11 އަހަރަށް ޖަލަށް ލައިފި އެވެ.

ޔޫގަންޑާގެ ބްވިންޑީ ނެޝަނަލް ޕާކުގައި ދިރިއުޅުނު ރަފީކީގެ ނަން ދީފައިވާ އެ ގޮރިއްލާއަކީ ފަތުރުވެރިންގެ ތެރޭގައި މަޤުބޫލުކަމެއް ލިބިފައިވާ، މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ގޮރިއްލާއެކެވެ. ރަފީކީ މަރުވިއިރު، އެ ޕާކުގައި އިތުރު 17 ގޮރިއްލާ ދިރިއުޅުނެވެ.

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު ރަފީކީ ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭތީގެ ހަށިގަނޑު ފެނިފައި ވަނީ ޖެހިގެން އައި ދުވަހު އެވެ. ރަފީކީގެ ޕޯސްޓްމޯޓަމް ހަދައި، އޭގެ ރިޕޯޓުން ދައްކާފައިވާ ގޮތުގައި ރަފީކީ މަރުވެފައި ވަނީ ތޫނު އެއްޗަކުން ބަނޑަށް ދީފައިވާ ހަމަލާއަކުންނެވެ.

މި ހާދިސާގެ ދުވަސްކޮޅެއް ފަހުން ބްޔަމުކާމާ ފީލިކްސް ނަމަކަށް ކިޔާ މީހެއް ވަނީ ޝިކާރަކުރުމަށް ބޭނުން ކުރާ އާލާތްތަކަކާއެކު ހައްޔަރުކޮށްފަ އެވެ. ރަފީކީ މަރާލުމުގެ އިތުރުން، އޭނާގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކަކަށް ވެސް ފީލިކްސް ވަނީ އިޢުތިރާފްވެފަ އެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ޤަވާއިދާ ޚިލާފަށް ވަނުމާއި، ހިމާޔަތްކޮށްފައިވާ ޖަނަވާރުގެ މަސް ގެންގުޅުން ހިމެނެ އެވެ.

ފީލިކްސް ބުނިގޮތުގައި އޭނާ ރަފީކީ އަށް ހަމަލާދީފައި ވަނީ އޭނާއާ ދިމާލަށް އޭތި އައުމުން އަމިއްލަ ދިފާއުގަ އެވެ. މި މައްސަލާގައި ފީލިކްސް އާއެކު އިތުރު ތިން މީހުން ހައްޔަރުކޮށްފައި ވީ ނަމަވެސް، ރަފީކީ މަރާލި ކަމަށް އެ މީހުން އިޢުތިރާފް ވެފައި ނުވާތީ، އެމީހުންގެ މައްސަލަ މިހާރު ވަނީ ކޯޓުގަ އެވެ.

އެ ޤައުމުގެ ޚަބަރުފަތުރާ ވަސީލަތަތްތަކަށް ދިން އިންޓަވިއުއެއްގައި ޔުގަންޑާގެ ވައިލްޑް ލައިފް އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ ސޭމް މުވަންޑާ ވަނީ ކޯޓުގެ ނިންމުމާ މެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ރަފީކީ އަށް އިންސާފު ލިބުނީތީ އެކަމާ އުފާކުރާ ކަމަށާއި، މިއީ ޖަނަވާރުން މަރާ މީހުންނަށް ލިބޭ ފިލާވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފާތު ބާވަތްތަކުގެ ޖަނަވާރު ދިރިއުޅޭ އެފްރިކާގައި އަހަރެއްގެ ތެރޭގައި އެތައް ސަތޭކަ ޖަނަވާރެއް ޝިކާރަކޮށް، ބްލެކްމާކެޓުގައި ވިއްކާ ކަމަށް ޔުގަންޑާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *