Support Us

އެމެރިކާގައި ޓިކްޓޮކް މަނާކުރާނަން: ޓްރަމްޕް

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފްލޮރިޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިނާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ، ޗައިނާގެ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި ބޭނުން ކުރުން މަނާކުރުމުގެ ބާރު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެގްޒެކެޓިވް އަމުރެއްގެ ދަށުން ނުވަތަ އެމެޖެންސީ އިކޮނޮމިކް ބާރުގެ ބޭނުންކޮށްގެން އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ކުންފުންޏެއް ޓިކްޓޮކް ގަތުމަށް ދެކެވޭ ވާހަކަތަކަށް ތާއީދު ނުކުރައްވާކަން ވެސް ޓްރަމްޕް ވަނީ ހާމަކުރައްވާފަ އެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މައިކްރޮސޮފްޓުން ޓިކްޓޮކް ގަތުމަށް މަޝްވަރާކުރަމުންދާ ކަމުގެ ރިޕޯޓުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޓިކްޓޮކްގެ ޒަރިއްޔާއިން ރައްޔިތުންނަށް ފާރަލަމުންދާ ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އެ ޤައުމުގެ 80 މިލިއަނެއްހާ މީހުން ޓިކްޓޮކް ބޭނުން ކުރެ އެވެ.

އިންޑިއާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ހާމަވުމުގެ ބިރު އޮތް ކަމަށް ބުނެ، މިދިޔަ މަހުގެ ތެރޭގައި އެ ޤައުމުގައި ވެސް ވަނީ ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *