Support Us

މިނިސްޓަރ އަމީން: ކޮވިޑްގެ ހާލަތު ރަނގަޅުވުމާއި ގޯސްވުން އޮތީ އާއްމުންގެ އަތްމަތީގައި

އިންޒާރު: ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހިދާނެ

ހާލަތު މިގޮތުގަައި ކުރިއަށް ދާނަމަ ސްކޫލްތައް ހުޅުވޭނެ ކަމަށް ގަބޫލްނުކުރެވޭ: މިނިސްޓަރު

ކޮވިޑް19 ފެތުރެމުންދާ މިންވަރުު އިތުރުވަމުންދާ ނަމަ، ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖޭ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީން ރޭ ވިދާޅުވީ އެހެން ގައުމުތަކުން ވެސް އަމަލްކުރަމުން އަންނަ އުސޫލުން ދެވަނަ ލޮކްޑައުނަކަށް ނުގޮސް އާއްމު ދިރިއުުޅުމަށް ފުރުސަތު ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމަށާއި އެގޮތުން މިހާރު ދީފައި ހުރި ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހިދާނެ ހާލަތަކަށް އަތުވެދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ދީފައި ހުރި ލުއިތަކުގެ ތެެރެއިން ބައެއް ލުއިތައް އަނބުރާ ގެންދަން ނުޖެހޭނެއޭ ދަަންނަވާކަށް ނުކެރޭނެ. ބައެެއް ލުއިތަައް އަނބުރާ ގެންދަން ޖެހިދާނެ ހާލަތު ގޯސްވަމުންދާ ނަމަ. ނަމަވެސް މަސައްކަތް ކުރަމުން މިގެންދަނީ މިހާރު އަޅުގަނޑުމެން ދީފައިވާ ލުއިތަކުގެ ތެރޭގައި މަސައްކަތް ކުރެވޭތޯ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކެފޭތަކުން ހިދުމަަތް ހޯދާ ފަރާތްތަކުން ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލް ކުރަންޖެހޭ ކަމަށާއި ނަމަވެސް ލުއިތައް ދީގެން އެދެވޭ ނަތީޖާ ނުފެންނަ ކަމަށެވެ.

"ފުރަތަމަ ކެފޭތަކުން ވެސް އެހާ މީހުން ގިނަވެގެން އުޅޭތަނެއް ނުފެނޭ. އެހެން ނަމަވެސްް މި ހިސާބަށް އައިިއިރު ވަރަށް ގިނަ. އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރަކަށް ހަނދާނުން ކައްސާލައިފިހެން އަޅުގަނޑުމެންގެ ތެރޭގައި ނުރައްކާތެރި ބައްޔެއް އޮތްކަން،" އަމީން ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމާއި ގޯސްވުން އޮތީ އާއްމުންގެ އަތްމަތީގައި ކަމަށާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލް ކުރަމުން ގެެންދާނަމަ، ބަލި ފެތުރެމުންދާ ސްޕީޑް ކޮންޓްރޯލް ކުރެވި، ހާލަތު ރަނގަޅު ވަމުންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ މަހު ސްކޫލްތަކުގެ އިތުރު ގްރޭޑްތަކުގެ ކިޔެވުން ފެށުމަށް ހަމަޖައްސާފައި އޮތް ނަމަވެސް މިހާރު މިއޮތް ހާލަތު މިގޮތުގަައި ކުރިއަށް ދާނަމަ ސްކޫލްތައް ހުޅުވޭނެ ކަމަށް ގަބޫލްނުކުރެއްވޭ ކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް ސްކޫލްތައް ހުޅުވުމާ މެދު ގޮތެއް ނިންމާނީ އެ އިރެއްގައި އޮންނަ ހާލަތަކަށް ބެލުމަށްފަހު ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ކޮވިޑް19 ފެތުރެން ފެށުމާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި ދެ މަސް ދުވަހު ބޭއްވުމަށް ފަހު މިދިޔަ މަހު ލުއިތަކެއް ދޭންފެށި ފަހުން މިބަލި ފެތުރެމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ސަރުކާރުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި މާސްކް ނާޅާ އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮވިޑާ ގުޅިގެން އުފައްދާފައިވާ ނޭޝަަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ދިރާސާކޮށްފައިވާާ ގޮތުގައި ކޮވިޑް19 ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވި އިތުރަށް ބަލި ފެތުރެމުން ދާނަމަ މި އޮގަސްޓް މަހު މިބަލި ޖެހޭ މިންވަރު އިތުރުވެ، ދުވާލެއްގެ މައްޗަށް 170 ޕޮޒިޓިވް ކޭސް ފެނުން އެކަށީގެންވެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 1155 މީހުން މިހާރު ރާއްޖޭގައި އެބަތިއްބެވެ. އެއާއެކު މިބަލި ޖެހުނު މީހުންގެެ އަދަދު މިހާރު ވަނީ 3793 އަށް އަރައިފަ އެވެ. މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2607 އެވެ. މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *