ޓައިވާނުގައި 70 އަހަރުގެ މީހެއް ޕޮކިމޯން ގޯގެ އަވައިގައި ޖެހިގެން އޭނާގެ ބައިސްކަލުގައި 64 ސްމާޓުފޯނު ހަރުކޮށްގެން ދުއްވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ޗެން ސަން ޔުއާން ނަމަކަށް ކިޔާ މި މީހާގެ ވީޑިއޯއެއް އެންމެ ފުރަތަމަ އާންމުވެފައި ވަނީ 2018 ވަނަ އަހަރުގައެވެ. އޭރު ޗެންގެ ބައިސްކަލުގައި ހަރުކޮށްފައިވަނީ 11 ފޯނެވެ. އެއަށްފަހު އެކި އަހަރުތަކުގެ މަތިން ފޯނުތައް އިތުރު ކުރަމުން ގޮސް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ވަނީ އޭނާގެ ބައިސްކަލުގައި 64 ފޯނު ހަރުކޮށްފައެވެ.
"ޕޮކިމޯން ގޯ ކުޅެން ފެށިއިރު އެންމެ ފުރަތަމަ ބޭނުންކުރީ އެއް ފޯނު، ދެން ތިން ފޯނު، އެއަށް ފަހު ހައެއް. އެގޮތަށް ފޯނު އިތުރު ކުރަމުން ގޮސް މިހާރު މި ބޭނުން ކުރަނީ 64 ފޯނު" ޗެން ބުންޏެވެ.