Support Us

"ދުނިޔޭގެ ސާފުކުރާ ދުވަސް" ފާހަގަ ކުރުމަށް ފެނައިކައިން ހިންގި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން.. -ފޮޓޯ: ފެނަކަ

ފެނަކައިގެ 156 އިންޖީނުގެ ސާފުކުރުމުގެ ދުވަހެއް

ފެނަކައިގެ 156 އިންޖީނުގެ ސާފުކުރުމުގެ ދުވަހެއް މިއަދު ބާއްވައިފިއެވެ.

"ދުނިޔޭގެ ސާފުކުރާ ދުވަސް" ފާހަގަ ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ފެނަކަ ބްރާންޗެއްގެ މުވައްޒަފުން ނުކުމެ، މިއަދު ހެނދުނު 7ން ހަވީރު 4އަށް ކުރިއަށް ގެންދިޔަ މި އިވެންޓަކީ މުވައްޒަފުން މަސައްކަތްކުރަމުންދާ މާޙައުލަކީ ސާފުޠާހިރު، އަދި އެ ތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުމަށް ހިންގި އިވެންޓެއް ކަމަށް ފެނަކައިން ބުންޏެވެ.

"އެގޮތުން، ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމުގައިވާތީ، މިކުންފުނީގެ ޚިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނާއި އަދި ހަމަ އެފަދައިން އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ މި ކުންފުނީގެ ހީވާގި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަން ކަމުގައި ދެމެހެއްޓުމަކީ މިކުންފުނީގެ އަމާޒެކެވެ." ފަނަކައިން ނެރުނު ބަޔާނެއްގައިވެއެވެ.

"ދުނިޔޭގެ ސާފުކުރާ ދުވަސް" ފާހަގަ ކުރުމަށް ފެނައިކައިން ހިންގި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން.. -ފޮޓޯ: ފެނަކަ

މި ޙަރަކާތުގެ ތެރެއިން ކުރި ކަންކަން:

  • އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަޤީންކުރުން.
  • ތެޔޮ ރައްކާކޮށް ބެހެއްޓިފައި ވަނީ އީ.ޕީ.އޭގެ ޤަވާޢިދާ އުސޫލުގެ ތެރެއިންތޯ ބެލުން.
  • ކެމިކަލްތައް ރައްކާކުރެވިފައި ހުރީ ރަނގަޅަށް ލޭބަލްކުރެވިފައިތޯ، އަދި މުއްދަތު ހަމަވެފައި ހުރި ތަކެތި އުކާލެވިފައިވެތޯ ބެލުން.
  • ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަކުރެވި ހުއްދަދެވިފައިތޯ ބެލުން.
  • ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުން އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައި ހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުން.
  • ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސްނޭޅޭ ގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުން.
  • ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ އަދި އެތަކެތި ރައްކާކުރެވިފައި ހުރީ ސޭފްޓީ ކޭންސް ގައިތޯ އާއި، ބެހެއްޓިފައި ހުރީ ހަމައެކަނި އެވަގުތު މަސައްކަތްކުރަން ބޭނުންވާ މިންވަރަށްތޯ ބެލުން.
  • އެޗް.އައި.ޑީ އަދި މާރކިއުރީ ވޭޕާރ ލޭމްޕްސް ފަދަ ހަޒާރޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބެލުން.
  • ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ބެލުން.
  • ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެހެން ފާހަގަ ކުރެވިފައިވާ ސަރަހައްދު ތަކުގައިވެސް މި އިވެންޓް ހަރަކާތުގެ ތެރެއިން ސާފުކުރެވިގެން ދާނެ.
"ދުނިޔޭގެ ސާފުކުރާ ދުވަސް" ފާހަގަ ކުރުމަށް ފެނައިކައިން ހިންގި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން.. -ފޮޓޯ: ފެނަކަ

މީގެ އިތުރުން ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެހެން ފާހަގަ ކުރެވިފައިވާ ސަރަހައްދު ތަކުގައިވެސް މި އިވެންޓް ހަރަކާތުގެ ތެރެއިން ސާފުކޮށްފައިވާނެ ކަމަށް ފަނަކައިން ބުންޏެވެ.

"ތިމާވެށި ހިމާޔަތްކުރުމަކީ ޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *