Support Us

ކާރު ބޮމެއްގައި 5 މަރު، 12 ޒަހަމް

ސީރިޔާގެ އިރުއުތުރުގެ ސަރަހައްދެއްގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ފަސް މީހުން މަރުވެ 12 މީހުން ޒަހަމް ވެއްޖެ އެވެ.

ތުރުކީގެ މައި ޚަބަރު ފަތުރާ ވަސީލަތް، އަނަދޮލޫ އެޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައި ވަނީ ސީރިޔާގެ ރަސް އަލް އައިންގެ ބޯރޑަރު ކައިރީގައިވާ ތަލް ހަލަފް އަވަށުގެ ޗެކް ޕޮއިންޓަކަށެވެ. އަދި މި ހަމަލާ އަކީ ތުރުކީގެ ސިފައިންނަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށްވެސް އަނަދޮލޫ އެޖެންސީން ބުނެފައިވެއެވެ.

މި ޗެކް ޕޮއިންޓަކީ ސީރިޔާ އާއި ތުރުކީ ގުޅޭ ހިސާބުގައި ތުރުކީގެ ސިފައިން ބަލަހައްޓަމުންދާ ޗެކް ޕޮއިންޓެކެވެ. މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް މިއީ ސީރިޔާގެ ކުރުދިޝް ހަނގުރާމަވެރިން ދީފައިވާ ހަމަލާއެއްކަމަށް ޝައްކުކުރެވޭ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުން ހާމަކުރެއެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސީރިޔާގައި ސަރުކާރާ ދެކޮޅަށް ކުރާ ހަޅުތާލުތަކުގައި އެތައް ހާސް މީހުންނެއް މަރުވެ، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *