ވިއެޓްނާމުގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ މަރުވެއްޖެ އެވެ.
އެޤައުމުގެ ސްޓޭޓް މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައިވަނީ ޑަނަންގ ސިޓީގައި ޕޮޒިޓިވްވި 70 އަހަރުގެ ފިރިހެނެކެވެ.
ސަތޭކަ ދުވަހަށްފަހު ޑަނަންގ ސިޓީގައި ވައިރަސް އަލުން ފެނިފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.
ވިއެޓްނާމްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެކަނި ވެސް އެޤައުމުގައި 45 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ، މިހާތަނަށް އެޤައުމުން އެއްދުވަސް ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފަހަރެވެ. މި އަދަދުތަކާއެކު އެޤައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 509 އަށް އަރައިފަ އެވެ.