Support Us

ޔުޓިލިޓީ ޚިދުމަތްތަކަށް ރަށްރަށުން ދޫކުރާ ބިންތަކުން ކުލި ނެގުމަކީ ކުރަން ފެންނަ ކަމެއް ނޫން: ރައީސް

ޔުޓިލިޓީ ޚިދުމަތްތަކަށް ރަށްރަށުން ދޫކުރާ ބިންތަކުން ކުލި ނެގުމަކީ ކުރަން ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގައި، ބައެއް ކައުންސިލްތަކުން ފާޅުކުރި ހިޔާލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔުޓިލިޓީ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބިންތަކުން ކުލި ނެގުމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ މިހާރެކޭ އެއްގޮތަށް ވީހާވެސް ފަސޭހައިން ކައުންސިލްތަކުން ބިން ދޫކުރުން ކަމަށެވެ. އަދި އޭގެ ބަދަލުގައި ކުންފުނިތަކުން ޚިދުމަތްތައް ރަނގަޅަށް ދީ، ޑިސްކައުންޓް ދޭންޖެހޭ ޚާއްސަ ޚިދުމަތްތަކަށް ލުއި ގޮތް ތަކެއް ހަމަޖައްސަވައިދޭންވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގިނަ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ދެމުން އަންނަނީ ފެނަކައިގެ ފަރާތުންނެވެ.

"ފެނަކަ މިހާރުވެސް ވެފައި ވަނީ، ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލް މަދަރުސާތަކާއި އިޖްތިމާޢީ އެކި ފަރާތްތަކަށް ދަތިވެ، ނުކުރެވި ހުންނަ ގިނަ ކަންތައްތަކުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދީ، ރަށްރަށުގެ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައެވެ." ފެނަކައިން ބުންޏެވެ.