Support Us

ދިއްދޫގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރީތައް އިއްޔެ ކުރިއަށް ގެންދަނީ 

ދިއްދޫގައި ޖަމާޢަތުގައި ނަމާދުކުރުން އަނެއްކާވެސް ހުއްޓާލައިފި

ހއ. ދިއްދޫގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.

ދިއްދޫ ކައުންސިލުން ރޭ ދަންވަރު ޢާއްމުކޮށްފައިވާ ބަޔާނެއްގައި ވަނީ ކެލާ ސަވާރީ ބޯޓްގެ ފަޅުވެރިން ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، އެ ބޯޓުގެ ފަޅުވެރިންނާ ދިއްދޫގެ ވަރަށް ގިނަ މީހުންނާ ދިމާވެފައިވާތީ ކުރިޔަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން، މިއަދުގެ ފަތިސް ނަމާދުން ފެށިގެން އެ ރަށުގެ މިސްކިތްތަކުގައި ޢީދު ނަމާދާއި ހުކުރުނަމާދާއި ފަރުޟު ނަމާދުތައް، ޖަމާޢަތުގައި ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ކޯވިޑް-19 އަށް ފައްސިވެފައިވާ މީހުން ތަކެއް ދަތުރުކުރި ކެލާ ސަވާރީ ބޯޓު ދިއްދޫއަށް ދަތުރުކޮށްފައި ވަނީ މީގެ އެއް ހަފުތާ ކުރިން މިދިޔަ ހުކުރު ދުވަހު ނަމަވެސް ދިއްދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން އަންގާފައިވަނީ ޖުލައި 30 ވަނަ ދުވަހު އިރުއޮއްސި 6 ޖެހިއިރުއެވެ.

އެޗް.ޕީ.އޭގެ މި އެންގުމާ ގުޅިގެން ދިއްދޫގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައިފައި މިވަނީ މިއަދު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި ވަނިކޮށެވެ. އަދި ޢީދު ނަމާދު ކުރުން އޮންނާނީ ބޮޑު ޖަމާޢަތުގައި ކަމަށް ރޭގެ ޢިޝާ ނަމާދަށް ފަހު އެރަށުގެ މިސްކިތްތަކުން އިޢުލާނު ވެސް ކޮށްފައި ވަނިކޮށެވެ. 

ފާއިތުވެދިޔަ ރަމަޟާން މަހު ދިއްދޫގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް ފަހު އަލުން ފަށާފައި ވަނީ ފިޠުރު ޢީދު ދުވަހު އެވެ. 

ދިއްދޫ ކައުންސިލުން ނެރުނު އިއުލާނުން ދިއްދޫގެ މޮނިޓަރިން ހާލަތު ނިމެންދެން އެއްވެސް ބާވަތެއްގެ އެއްވުންތަކާއި ކުޅިވަރު ޙަރަކާތްތައް ނުބޭއްވުމަށް އަންގާފައިވާއިރު ބޮޑު ޢީދު ފާހަގަކުރުމަށް ޘަޤާފީ ކުޅިވަރުތައް ކުޅުމަށް ދިއްދޫގެ ކުލަބު ޖަމިއްޔާތަކުން ވަނީ ފަރިތަކުރުންތައް ބާއްވައި ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފައެވެ. 

ހއ. ކެލާ އިން އިތުރު ނުވަ މީހަކު ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ކެލާ، ހއ. ދިއްދޫ، ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަންފަރު މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް