Support Us

އޮގަސްޓުގައި ދުވާލަކު 170 މީހުން ޕޮޒިޓިވްވުން އެކަށީގެންވޭ

ކޮވިޑް19 ޖެހޭ މިންވަރު އިތުރުވެ އަންނަ އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން މި ބައްޔަށް ފޮޒިޓިވްވެދާނެ ކަމަށް ހެލްތް އެެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާކޮށްފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ފްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ މޫސާ ވިދާޅުވީ މި ބަލީގެ ނުރައްކާ އަދިވެސް ކުޑަވަމުންނުދާ ކަމަށާއި ކުރިއަށް އޮތް މަސްތަކުގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ބަލި ޖެހޭ މިންވަރު އިތުރުވެގެންދާނެ. އެހެން ނަމަވެސް ހެދިފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލްތައް ބަހައްޓާނަމަ ބަލި އިތުރުވުމުގެ ފުރުސަތު ކުޑަވެގެންދާނެ،" ޝީނާ ވިދާޅުވި އެވެ.

އެ ސެންޓަރުން ވަނީ މިއަހަރުގެ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި މި ބަލި ޖެހޭޭނެ މިންވަރު ލަފާކޮށް ދިރާސާާއެއް ހަދައިފަ އެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި މިބަލި ޖެހޭ މީހުންގެ އަދަދު އޮގަސްޓް މަހު 170 އަރާއިރު ސެޕްޓެންބަރު މަހު އެ އަދަދު 105 ތިރިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ބަލިޖެހޭ މިންވަރު ސެޕްޓެންބަރު މަހުން ފެށިގެން މަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ. އޮކްޓޯބަރު މަހު 68 މީހުން ދުވާލަކު ޕޮޒިޓިވްވެ، ނޮވެންބަރު މަހު 29 ކޭސް ދުވާލަކު ޕޮޒިޓިވްވާނެ ކަމަށް ދައްކަ އެވެ. އަދި ޑިސެންބަރު މަހު ދުވާލެއްގެ މައްޗަށް 18 ކޭސް ޕޮޒިޓިވްވާނެ ކަމަށް ދައްކާފައިވެ އެވެ.

ސްޕޯކްސްޕާސަން ފާތުމަތު ނަޒްލާ ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 152 ކޭސް މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއީ ކޮވިޑް19 ރާއްޖޭގައި ފެތުރެން ފެށި ފަހުން މި ބައްޔަަށް އެންމެ ގިނަ މީހުން އެއް ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ފުރަަތަމަ ފަހަަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި 54 ބަންގްލަދޭޝް މީހުންނާއި 5 އިންޑިއާ މީހަކާއި 4 ސްރީލަންކާ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ފެނުނު 142 ކޭސްއަކާ އަތޮޅުތެރޭގެެ ރަށްތަކުން ފެނުނު 10 މީހުންނެވެ.

ސެންޓަރުން ބުނީ ކޮވިޑް19 ގެ ލޮކްޑައުން އަށްފަހު ލުޔެއް ދޭން ފެށިފަހުން ޖޫން އާއި ޖުލައި މަހު މި ބަލި ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިއަަހަރުގެ ކުރިއަށް އޮތް ތާނގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެކަމަށް އާއްމުން ސަމާލުވެ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3719 އަށް އަރާފަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި 1120 މީހުން އެބަ ތިބިއިރު މި ބަލިން މިހާތަނަށް މި ބަލިން 2568 މީހުން ވަނީ ރަަނގަޅުވެފަ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 16 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *