ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި މައްޗަށް އަރައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 152 މީހުން ޕޮޒިޓިވްވެއްޖެ އެވެ. އަދި މިއީ ކޮވިޑް19 ރާއްޖޭގައި ފެތުރެން ފެށި ފަހުން މި ބައްޔަަށް އެންމެ ގިނަ މީހުން އެއް ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ފުރަަތަމަ ފަހަރެވެ.
ހެެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ބަންގްލަދޭޝްގެ 54މީހުންނާއި އިންޑިއާގެ ފަސް މީހުންނާއި ސްރީލަންކާ ހަތަރު މީހުންނެވެ.
ކޮވިޑަށް ޕޮޒިޓިވް 1120 މީހުން މިހާރު ރާއްޖޭގައި އެބަތިއްބެވެ. މި އަދަދާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3719 އަށް އަރައިފަ އެވެ. ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2568 އެވެ.