Support Us

ރިޔާސީ އިންތިޙާބު ފަސްކުރަން ފެނޭ: ޓްރަމްޕް

ޕޯސްޓަލް ވޯޓިންގެ ސަބަބުން އިންތިޙާބުގެ ނަތީޖާގެ ސައްޙަކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، މި އަހަރުގެ ރިޔާސީ އިންތިޙާބު ފަސްކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ޔުނިވަރސަލް މެއިލް-އިން ވޯޓު މެދުވެރިކޮށް ވޯޓު ލައިފިނަމަ 2020 ވަނަ އަހަރުގެ އިންތިޙާބު ވެގެން ދާނީ ތާރީޚުގެ ތެރެއިންވެސް އެންމެ ސައްޚަ ނޫން އަދި "ފްރޯޑިއުލަންޓް" އިންތިޙާބަށް ކަމަށެވެ. އަދި އެކަން ވެގެންދާނީ އެމެރިކާއަށް ކުރިމަތިވާ ބޮޑު ލަދަކަށް ކަމަށެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ބޭރުގެ ނުފޫޒު ނުފޯރާނެ ކަމަށް ބުނެފައި ވީނަމަވެސް މެއިލް-އިން ވޯޓިންގެ ސަބަބުން މި ކަމަށް މަގުފަހިކޮށްދޭ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ޤާނޫނު އަސާސީގައި ވާގޮތުން ރިޔާސީ އިންތިޙާބު ފަސްކުރުމުގެ ބާރު ރައީސަކަށް ލިބިވަޑައިގެން ނުވެއެވެ. އަދި އިންތިޙާބު ފަސްކުރެވޭނީ އެޤައުމުގެ ކޮންގްރެސުން އެކަން ފާސްކުރުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *