Support Us

މާޒިޔާ ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގައި މާސްކް އަޅައިގެން

ބޭރުތެރޭގައި އުޅޭއިރު މާސްކް އަޅަން މަޖުބޫރުކޮށްފި

ކޮވިޑް19 ރާއްޖޭގައި ހަލުވި ސްޕީޑެއްގައި ފެތުރެމުންދާތީ ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

މިގޮތަށް ނިންމާފައި ވަނީ ކޮވިޑް19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް ޓާސްކްފޯސްއާ އެކު އޮންލައިންކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސޯލިހު ބޭޭއްވެވި ބައްދަލުވުމެއްގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ހެލްތް އެމެޖެންސީ އޮޕަރޭޭޝަން ސެންޓަރާ އެކު ރައީސް ސޯލިހު ބޭއްވެވި އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އަމިއްލަ މީހާއާ އެހެން މީހުންގެ ރައްކާތެރި ކަަމަށްޓަކައި މާސްކް އެޅުން މަޖުބޫރު ކަމަށެވެ.

މީގެ އިތުރުން ކޮވިޑް19 އާ ގުޅިގެން މުޅި ރާއްްޖެ ލޮކްޑައުން ކޮށްފައި އޮތުމަށްފަހު ލުއިތަކެއް ދިން ފަހުން ފާއިތުވި ދެ ހަފްތާގެ ތެެރޭގައި މިބަލި ޖެހެމުންދާ މިންވަރު އިތުރުވަމުންދާ ކަމަށް ވެސް ބުނެފައިވެެ އެވެ. އެހެންވެ ދެ ވަނަ ލޮކްޑައުންއަކަށް ނުގޮސްވާނެ ގޮތަކަށް ކަންކަން ކުރުމަކީ އެންމެންނާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް އޮފީީހުން ބުނެފައިވެ އެވެ.

މި ދުވަސްވަރު ބޭރުތެރެއަށް ނިކުތުން މަދުކުރުމަށާއި ގައިދުރުކަން ބޭއްވުމުގެ އިތުުރުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި އަތްދޮވުމަށް އިސްކަންދިނުމަށް ވެސް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *