Support Us

ކޮވިޑްގައި މަރުވި މީހަކު ހުޅުމާލޭ ސަހަރާގައި ވަޅުލަނީ -އަދިވެސް ފޮޓޯ

ކޮވިޑްގައި 16 ވަނަ މީހާ މަރުވެއްޖެ

ކޮވިޑް19 ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކުު މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 16 ވަނަ މީހާ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މިއަދު މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ އަންހެނެއް ކަމަށާއި އޭނާާ މަރުވެފައިވަނީ އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

"އެ އަންހެން މީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހެނދުނު ނޭވާލާން އުނދަގޫވާތީ،" އޮފިޝަލް ވިދާޅުވި އެވެ.

ގއ. ދާންދުއަށް އުފަން މި އަންހެން މީހާ ވަޅުލާނީ މިއަދު 5.30 ގައި ހުޅުމާލޭ ސަހަރާގަ އެވެ.

ކޮވިޑް19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން މި ބަލި ޖެހޭ ސްޕީޑް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ 137 ކޭސް ވަނީ ފެނިފަ އެވެ. ރާއްޖޭގައި މިހާތަނަށް 3506 މީހަކަށް މި ބަލި ޖެހިފައިވާއިރު މި ބަލިން 2547 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ މުޖުތަމައުގައި މިބަލި ފެތުރެމުންދާ މިންވަރު އިތުރު ވަމުންދާތީ މާސްކް އެޅުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުު ކަމެއް ދިނުމަށާއި ކުރިއަށް ވުރެ ވެސް ބޮޑަށް ގައިދުރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *