Support Us

ނިޕޯން ޕެއިންޓް މެޓެކްސް އެސްޓީއޯ އިން ތައާރަފްކޮށްފި

އަތޮޅު ތެރޭގައި ތިބި އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ "ނިޕޯން މެޓެކްސް" ޕެއިންޓު އެސްޓީއޯއިން މިއަދު ތައާރަފު ކޮށްފިއެވެ.

"ނިޕޯން މެޓެކްސް" ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދާއި ނިޕޮން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއަރ މެނޭޖަރ ހެންރީ އެންގް އެވެ.

"ހެޔޮ އަގެއްގައި ލިބުމުގެ އިތުރުން، ނިޕޯންގެ މި ޕެއިންޓް އެހެން ޕްރޮޑަކްޓްތަކާ ތަފާތުވާ އެއް ސަބަބަކީ މި ޕެއިންޓް ލިބެން ހުންނާނީ ހަތް ލީޓަރު އަދި 20 ލީޓަރު ޕެކިންގްގައެވެ. އަދި އެހެން ނިޕޮން ޕެއިންޓް ކުލަތައް ފަދައިން މި ޕެއިންޓަކީ މިކްސް ކުރަންނުޖެހޭ، ވަގުތުން ބޭނުންކޮށްލެވޭނެ ޕެއިންޓެކެވެ. މިހެންކަމުން ކުލަލުމަށް ފަސޭހަވެ، މަސައްކަތައް ހޭދަވާ ވަގުތު ކުޑަކޮށްދެއެވެ." އެސްޓީއޯއިން ބުންޏެވެ.

ނިޕޯން ޕެއިންޓް މެޓެކްސްގެ ޕެއިންޓްތަކަކީ ސިމެންތި، ކޮންކްރީޓް، ސީލިންގ، ޕްލާސްޓަރ ވޯލް ފަދަ ތަންތަކުނައި ފަސޭހައިން ލެވޭ މެޓް ފިނިޝްއެއް ހުންނަ ޕެއިންޓެއް ކަމަށާއި ވޯޓަރ-ބޭސްޑް، އެއްވެސް ލެޑް އަދި މަރކިއުރީއެއް ނުލާ އުފައްދައިފައިވާ ޕެއިންޓެއް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފްކުރީ "ޝޭޑްސް އޮފް ވައިޓް"ގެ ކުލަތަކެކެވެ.

ނަވާރަ ސަތޭކަ ފަންސާސް ފަސް ވަނަ އަހަރު އުފައްދާފައިވާ ނިޕޮން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ. ދުނިޔޭގައި ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ތައާރަފްކުރުމުގައި އެންމެ އިސްކަންދީފައިވަނީ ކޮންމެ ބޭނުމަކަށްވެސް ކޮލިޓީ ކުލަތައް ފޯރުކޮށްދިނުމާއި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ.