Support Us

ސްޓެލްކޯގެ މެނޭޖިންގް ޑައިރެކްޓަރ އަހުމަދު ޝަރީފް (ކ) އަދި ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު (ވ)

ސްޓެލްކޯ އެމް.ޑީ ޝަރީފުގެ ތައުރީފު ފެނަކަ އެމް.ޑީ ސައީދަށް

ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދުގެ ހީވާގިކަމާއި ކުޅަދާނަ ކަމަށް ތައުރީފްކުރައްވާ ސްޓެލްކޯގެ މެނޭޖިންގް ޑައިރެކްޓަރ އަހުމަދު ޝަރީފު ވާހަކަފުޅުދައްކަވައިފި އެވެ.

ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ދޭ ހަމައެކަނި ދެ ކުންފުނީގެ ތެރެއިން ފެނަކައިގެ އެމް.ޑީ ކަމުގައި ހުންނެވި ސައީދަށް ނިސްބަތް ކުރައްވައި ޝަރީފު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ރާއްޖޭގެ ރައްޔިތުން އަލިކަމުގައި ބައިތިއްބަވާ ދެބޭފުޅުން ކަމަށެވެ. އަދި "ސްޓެލްކޯއާއި ފެނަކައަކީ ރާއްޖޭގެ ރައްޔިތުންގެ ނޫރު" ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި ފެނަކައިގެ އެމް.ޑީ ކަމުގައި ހުންނެވި ޝަރީފު ވިދާޅުވީ، ސައީދަކީ ފެނަކައިގައި ހުރި ގިނަ ގޮންޖެހުންތަކާ އެކު ވެސް ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ، ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އަދި އެ ހުރިހާ ގޮންޖެހުންތަކާ އެކު ވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ކުންފުނީގައި ހުރި އެ ދަތިތައް އިހުސާސްވިޔަ ނުދެއްވާ 24 ގަޑިއިރު ކަރަންޓާއި އެހެނިހެން ޔުޓީލިޓީޒްގެ ހިދުމަތް ދެއްވާތީ އެކަމަށްޓަކައި ސައީދަށް ޝުކުރުއަދާކުރެއްވިއެވެ.

"އަޅުގަނޑަކީ ފެނަކައިގައި ހުރި ގޮންޖެހުންތަކާއި ދިމާވާ މައްސަލަތައް ދެނެހުރި މީހަކަށްވެފައި، އެ ހުރިހާ ގޮންޖެހުންތަކާ އެކު ވެސް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަރަންޓާއި އެހެނިހެން ޔުޓީލިޓީޒްގެ ހިދުމަތް ދެއްވާކަމީ ހަމަ ސައީދުގެ ކުޅަދާނަކަން،" ސްޓެލްކޯގެ ފްލެޓްތައް ހަވާލުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *