Support Us

އިސް ރަށްވެހިންގެ ހެލްތް ސްކްރީނިންގ އާއި ސިއްހީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހުޅުމާލޭގައި ބާއްވައިފި

އިސް ރަށްވެހިންގެ ހެލްތް ސްކްރީނިންގ އާއި ސިއްހީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހުޅުމާލޭގައި މިއަދު ބާއްވައިފިއެވެ.

ކޮމިއުނިޓީ ނާސް ވޮލަންޓިއާސް އާއި އެޗްޑީސީން ގުޅިގެން "ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބެމާ"ގެ ނަމުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހި ބީޗު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހަކުރު ޗެކްކުރުމާއި، ލޭގެ ޕްރެޝަރު ޗެކް ކުރުމާއި ބަރުދަން ބެލުމުގެ އިތުރުން ސިއްހީ ގިނަ މަޢޫލޫމާތުތަކެއް ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ހަރަކާތުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ މި ޕްރޮގްރާމް ކޮންމެ މަހަކު ދެ ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިހަރަކާތް ހުޅުމާލެ ފޭސް ދޭއްގައި ވެސް ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.