...

Support Us

"ތާލީ" ކެއުން ސިޓީ ގާޑަންގެ ވޭޓަރަކު ދައްކާލަނީ.. -ފޮޓޯ: އަދިވެސް

އިންޑިޔާގެ މަޝްހޫރު "ތާލީ" ކެއުން ސިޓީ ގާޑަން އަށް

އިންޑިޔާގެ މަޝްހޫރު "ތާލީ" ކެއުން، ސިޓީ ގާޑަން ރެސްޓޯރެންޓުން ތައާރަފުކުރަން ނިންމައިފިއެވެ.

އަންނަ މަހުން ފެށިގެން ލިބެން ހުންނަ "ތާލީ"ގެ ތެރޭގައި ވެޖް، ނޮން ވެޖް، އަދި ސިޓީ ސްޕެޝަލް ހިމެނެއެވެ. މީގެ އިތުރުން އިންޑިޔާގެ ތަފާތު ވައްތަރުގެ ކެއުންތައްވެސް ސިޓީ ގާޑަންގެ ރެސްޓޯރެންޓް މެނޫގައި މިހާރުވަނީ ހިމަނާފައެވެ.

މެންދުރުގެ ކެއުމަކަށް ދިވެހިންގެ މެދުގައި ވަރަށް މަޝްހޫރު "ތާލީ" ސިޓީ ގާޑަން އިން ލިބެން ހުންނާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ކަމުގައި ސިޓީ ގާޑަންގެ އޮޕަރޭޝަންސް މެނޭޖަރު އަބްދުﷲ ޒުހޭރު ބުންޏެވެ.

"ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންދުރު ގަޑީގައި ތާލީ ލިބޭނެ،" އޭނާ ބުންޏެވެ.

"ތާލީ" ކެއުން ސިޓީ ގާޑަންގެ ވޭޓަރަކު ދައްކާލަނީ.. -ފޮޓޯ: އަދިވެސް

ސިޓީ ގާޑަންގައި "ތާލީ" އަދި އިންޑިޔާގެ ކެއުން ތައްޔާރުކުރަނީ، އިންޑިޔާގެ ތަޖުރިބާކާރު ކައްކާއެއްގެ ބެލުމުގެ ދަށުން ކަމަށް ވެސް ޒުހޭރު ބުންޏެވެ.

ސިޓީ ގާޑަންގައި ތަޢާރަފްކުރާ އިންޑިޔާގެ ކެއުންތަކަށް 1 އޮގަސްޓް އިން 14 އޮގަސްޓަށް 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭގޮތަށް  ހަމަޖެހިފައިވާ ކަމަށް ވެސް ޒުހޭރު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *