Support Us

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން ކުރިއަށްދަނީ

ކޮވިޑް-19 ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ހައްޖުގެ މަތިވެރި އަޅުކަން މިއަދު ފަށައިފިއެވެ. އެހެން އަހަރުތަކުގައި ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ މީހުންނެވެ.

ސައުދީ އަރަބިއްޔާގެ ޑިރެކްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ، ޚާލިދް ބިން ޤަރާރް އަލް ހަރްބީ ވިދާޅުވި ގޮތުގައި މިފަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން ސަލާމަތީ ރައްކާތެރިކަމާ ގުޅިގެން އެއްވެސް ނުރައްކާތެރި ކަމެއް ނެތް ނަމަވެސް، ހައްޖުގެ އަޅުކަން ކުރެވޭ މީހުންގެ އަދަދު މި އަހަރު މަދުކޮށްފައި ވަނީ ކޮވިޑް-19 އިން ހައްޖާޖީން ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހައްޖާޖީން ވަނީ ކޮވިޑަށް ޓެސްޓުކޮށް ހުން ހުރިތޯ ބަލައި، ކުޑަ ދުވަސްކޮޅަކަށް ކަރަންޓީނުވެސް ކޮށްފައެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. ހައްޖުގެ ފަރުޟު އަދާކުރުމަށް ގިނަ ބަޔަކު މިހާރު ވަނީ އަރަފާތު ބިމަށް ދަތުރު ފަށައިފަ އެވެ. ހައްޖު ލިބޭނީ މާދަމާ އަރަފާތު ބިމުގައި ހުރެގެންނެވެ.

ހައްޖުގެ އަޅުކަން އަދާކުރާއިރު މާސްކު އަޅައިގެން ތިބުމަށާއި ގައިދުރުކަން އިސްކުރުމަށް ސައުދީ ސަރުކާރުން ވަނީ ހައްޖާޖީންނަށް އިލްތިމާސްކޮށްފައެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާއިރު ގެފުޅުގައި ބޮސްދިނުން މަނާކޮށްފައިވާއިރު، ހައްޖާޖީން އުޅޭނޫޅޭ ގޮތް ބެލުމަށް އަތުގައި އިލެކްޓްރޯނިކް ބޭންޑެއް ވެސް ވަނީ އަޅުވާފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 1000 މީހުންނަށް ކަމަށް ސައުދީ ސަރުކާރުން ކުރިން ބުނެފައި ވީނަމަވެސް، އެޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަދަދު މިހާރު ވަނީ 10 ހާހަށް އަރާފައެވެ. އަދި އޭގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *