Support Us

ޕެޓްރޯލް ލީޓަރަކުން 1.95ރ، ޑީސަލް ލީޓަރަކުން 1.97ރ ބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 1.95ރ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ބޮޑުކޮށްފިއެވެ.

ތެލުގެ ވިޔަފާރި ރާއްޖޭގެ އެންމެ ފުޅާކޮށް ކުރާ އެސްޓީއޯ އިން ބުނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް ލިބޭނީ 16.77ރ. އަށް ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައި ވަނީ، ރަޝިޔާ ހަނގުރާމައާ ގުޅިގެން، މި އަހަރުގެ މާޗު މަހުއެވެ. އެ ފަހަރު ޕެޓްރޯލު ލީޓަރެއްގެ އަގު ވަނީ 14.60ރ. އަށް ބޮޑުކޮށް އަދި ޑީސަލް ލީޓަރެއްގެ އަގު 14.80ރ. އަށް ބޮޑުކޮށްފައެވެ.

މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެެޔޮ ފީފާއެއްގެ އަގު ހުރީ 106.19 ޑޮލަރުގައެވެ.

"ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުންނެވެ." އެސްޓީއޯ އިން ބުންޏެވެ. "އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ."