ދުނިޔޭގައި މަޝްހޫރު "ޒުމްބާ" އާއި "ލެސްމިލްސް"ގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމުގެ ތަމްރީނާއި ތަޖުރިބާ ހޯދައިފައިވާ މަގުބޫލް ދެ އިންސްޓްރަކްޓަރުން ކަމަށްވާ އައިޝަތު ރުހޭލާ (ރުހޭ) އާއި އައިޝަތު ޝައިފާ ޝަކީބު (ތައި)ގެ ހިއްސާ އޮންނަ "އާރު.ޑީ ފިޓްނަސް" ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ރަސްމީ ގޮތުން ރޭ ހުޅުއްވައިދެއްވައިފިއެވެ. ރޭގެ ހަފުލާގައި ޒުމްބާ އާއި ލެސްމިލްސްގެ ތަފާތު ހަރަކާތްތައް ދައްކާލުންވެސް އޮތެވެ. އަދި "ހަބޭސް" ބޮޑުބެރުގެ ފޯރިގަދަ އައިޓަމްތަކެއް ވެސް ހުށަހެޅިއެވެ. -ފޮޓޯ: އަދިވެސް