Support Us

އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ރޭ ފާސްކޮށްފިއެވެ.

ކްރޮސް ރޯޑުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުންގެ މެދުގައި އޮންލައިންކޮށް ނެގި ވޯޓުގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައެޅި ގޮތަށް 65 ރުފިޔާ ބަހަން ނިންމީ އިއްތިފާގުންނެވެ. 

ހިއްސާއަކަށް 65 ރުފިޔާ މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ފަސް ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ބަހާފައި ވަނީ ހިއްސާއަކަށް 60 ރުފިޔާ އެވެ. އަދި އޭގެ ކުރީ އަހަރު، 58 ރުފިޔާ އެވެ.

ރޭގެ ބައްދަލުވުމުގައި، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑުގައި އިންނަވާ ބޭފުޅަކަށް އަބްދުﷲ ވަނީ ފާސްކޮށްފައެވެ. އަދި އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާ ހައުސް ކޫޕާސް އިތުރު އަހަރަކަށް ހަމަޖައްސަންވެސް ވަނީ ފާސްކޮށްފައެވެ.