Support Us

ކޮވިޑާ ގުޅޭ ދޮގު މަޢުލޫމާތު ހިއްސާކުރި ކަމަށް ބުނެ ޓްރަމްޕްގެ ދަރިކަލުންގެ ޓުވިޓަރ ސަސްޕެންޑްކޮށްފި

ކޮވިޑް-19 އާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ހިއްސާކުރެއްވި ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިކަލުންގެ ޓުވިޓަރ އެކައުންޓް 12 ގަޑިއިރުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އޭނާގެ ތަރުޖަމާނު އެންޑްރިއު ސުރޭބިއަން ބުނެފިއެވެ.

ޓްރަމްޕް ޖޫނިއަރގެ ޓްވިޓަރ އެކައުންޓްގެ ބައެއް ފީޗަރޒްތައް ލިމިޓްކޮށްފައިވާ ކަމަށް ބުނެ ޓްވިޓަރ އިން ފޮނުވާފައިވާ މެސެޖުގެ ސްކްރީންޝޮޓަކާއެކު އެންޑްރިއު ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ ހައިޑްރޮލޯކްލޮރޮކީންއާ ބެހޭގޮތުން ޑޮކްޓަރުންތަކެއް މަޝްވަރާކުރާ ވީޑިއޯއެއް ހިއްސާކުރުމުން ޓްވިޓަރ އިން އޭނާގެ އެކައުންޓު ސަސްޕެންޑުކުރީ ކަމަށެވެ.

މިކަމާ ގުޅިގެން ވައިސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ޓްވިޓަރގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނު ބުނެފައި ވަނީ ޓްރަމްޕް ޖޫނިއަރގެ ޓްވިޓަރ އެކައުންޓް ސަސްޕެންޑް ކުރީ ނޫން ކަމަށާއި، ކޮވިޑް-19 އާއި ގުޅިގެން ސައްޚަ ނޫން މަޢުލޫމާތު ހިއްސާކޮށްފައިވާތީ އެކައުންޓުގެ ބައެއް ފީޗަރތައް ލިމިޓްކުރީ ކަމަށެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް މާސްކު އަޅަން ނުޖެހޭނެ ކަމަށް ބުނާ މި ވީޑިއޯ، ޓްވިޓަރގެ އިތުރުން ފޭސްބުކް އަދި ޔޫޓިއުބުން ވެސް މިހާރު ނަގާފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *