ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 137 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ކޮވިޑް19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައި އޮތުމަށް ފަހު ހުޅުވާލި ފަަހުން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ހެެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި ބަންގްލަދޭޝްގެ 31 މީހުންނާއި އިންޑިއާގެ ނުވަ މީހުންނާއި ހަތަރު ސްރީލަންކާ މީހުންގެ އިތުރުން ފިލިޕީންސްް މީހެކެެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3506 އަށް އަރައިފަ އެވެ. ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2547 އެވެ.