Support Us

ޝިޔާމު މަޖިލީހުގައި ވާހަކަ ދައްކަވަނީ -ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޝިޔާމުގެ ސުވާލު: 28 ބިލިއަން ރުފިޔާ މިސަރުކާރުން ހޯދާފައިވާާއިރު ރައްްޔިތުން ނިކަމެތިވާންވީ ކީއްްވެ؟ 

އެމްޑީޕީގެ ސަރުކާރުން މިހާތަނަށް ހިލޭ އެހީ އާއި ލޯން ފައިސާގެ ގޮތުގައި 28 ބިލިޔަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދާފައިވާ ކަމަށާއި އެފައިސާ ހުރެ ރައްޔިތުން ނިކަމެތިވާން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަަކަަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިދިިޔަ އަހަރުގެ ފަހުކޮޅުގައި ބޭއްވި ޖަލްސާއެއްގައި ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަަހަރު ދުވަހުގެ ތެރޭގައި ހޯދައިފައި ނުވާހާ ގިނަ ފަައިސާ އެމްޑީޕީ ސަރުކާރުން އެއް އަަހަރު ދުވަހުގެ ތެރޭގައި ހޯދައިފައިވާ ކަމަށް މިސަރުކާރުގެ ފޮރިން މިނިސްްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ.

"މަޖިލީހަށް ފޮރިން މިނިސްޓަރު ޝާހިދު ވަޑައިގެން އަޅުގަނޑު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ރަނގަޅު ކަމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ނުދެވޭ ހިސާބަކަށް އަޅުގަނޑުމެން ގޮސްފީމުއޭ، ރައީސް ޔާމީންގެ ސަރުކާރުން ފަސް އަހަރު ހޭދަކޮށްގެން ވެސް ރައީސް ޔާމީން ހޯއްދަވާފައިވާ ފައިސާ އަށްވުރެ ގިނަ ފަައިސާ އެމްޑީޕީ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދައިފީމޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ފޮރިން މިިނިސްޓަރުގެ އެ ވާހަކަފުޅާ ގުޅިގެން މިސަރުކާރަށް ބޭރުގެ ފަރާތްތަކުން ލިބިފައިވާ ފަައިސާގެ ތަފްސީލްތައް ޕީޕީއެމުން ހޯދައިފައިވާ ކަމަށެވެ. އެގޮތުން ބޭރުގެ ހިލޭ އެހީއާއި ލޯން ފައިސާގެ ގޮތުގައި 26 ބިލިއަން ރުފިޔާ މިދިޔަ ހަފްތާއާ ހަމައަށް ހޯދާފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ކަރުދާސްތައް މަޖިލީހުގެ ބައެއް އެމްޑީޕީގެ މެމްބަރުންނާ ވެސް ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އެބޭފުޅުންގެ ވާހަކަތަކުންް ދެ ބިލިއަން ރުފިޔާ އިތުރަށް ލާފައި، 28 ބިލިއަން ރުފިޔާ މިސަރުކާރަށް ލިބިފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެއްޖެ ނަަމަ އެފައިސާތައް ކޮބައިތޯ ވެސް ޝިޔާމް ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު އެ ކަރުދާސްތައް މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާ ވެސް ހިއްސާކުރިން. އެބޭފުޅުން ވިދާޅުވީ އަދި އިތުރަށް ދެ ބިލިއަން ރުފިޔާ އޭގެ ތެރެއަށް ލާފައި ނޫނެކޭ ތިއަދަދެއް ނޫނޭ 28 ބިލިއަން ރުފިޔާ ހޯދައިފިއޭޭ،" ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން އެހާ ގިނަ ފައިސާ ހޯދާފައިވާއިރު ދިވެހި ޒުވާނުން ވަޒީފާތަކުން ވަކިކުރަނީ ކީއްވެގެންތޯ އާއި ދިވެހި މަސްވެރިންނަށް މަސް ކިރައިގެން ލިބެން ޖެހޭ ފައިސާ ނުލިބެނީ ކީއްވެގެންތޯ އާއި ދިވެހި ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވަންދާން ބޭނުންވެފައި ތިބި ކުދިންނަށް މަތީ ތައުލީމް ހާސިލްކުރަން ނުދެވިފައި އެތިބީ ކީއްވެތޯ ވެސް ޝިޔާމް ރޭގެ ޖަލްސާގައި ސުވާލުކުރެއްވި އެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަައް ހަލާކުވެގެން ދާއިރު ވެސް ސަރުކާރުން އެކަމަށް އެހީއެއް ނުލިބެނީ ކީއްވެތޯ އާއި ބޯހިޔާވަހިކަަމުން ގިނަ ބަޔަކު މަހްރޫމްވެ ހާލުގައި ޖެހިފައިވާއިރު މި ސަރުކާރުން ހޯދި އެ ފައިސާތައް ކޮބާތޯ ޝިޔާމް ސުވާލުކުރެއްވި އެވެެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *