Support Us

ލީނާގެ އުމުރުން މިހާރު 87 އަހަރު: ނަމަވެސް ދަރިފުޅުގެ ބައްޕަ ހަގީގަތެއް އަދިވެސް ހާމަނުކުރޭ

ދުނިޔޭގެ އެންމެ ހަގު މަންމަގެ ވާހަކަ އެނގޭތަ؟ ވިހެއީ އުމުރުން އެންމެ 5 އަހަރުގައި!

ޕެރޫއަށް 1933 ވަނަ އަހަރު އުފަންވި ލީނާ މަޑީނާއަށް ދަރިޔަކު ލިބުނީ އުމުރުން އެންމެ 5 އަހަރާއި 7 މަހުގައެވެ. މެދުފަންތީގެ އާއިލާއަކަށް އުފަން ލީނާ، އޭނާގެ މައިންބަފައިންނާއެކު އުޅެމުން އައީ އާދައިގެ ދިރިއުޅުމެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ބަދަލުވެގެންދިޔައީ، ލީނާގެ އުމުރުން 5 އަހަރާއި 6 މަހުގައި، އޭނާގެ ބަނޑު އާދަޔާހިލާފަށް ބޮޑުވަމުންދާކަން ފާހަގަވެގެން އޭނާގެ މައިންބަފައިން އޭނާ ޑޮކްޓަރަށް ދައްކަން ދިޔުމުންނެވެ. ލީނާގެ މައިންބަފައިން ހީކުރީ އެމީހުންގެ ދަރިފުޅު ބަނޑުގައި ޓިއުމަރެއް އުފެދުނީ ކަމަށެވެ. އެންމެ 5 އަހަރުގެ މި ތުއްތު ކުއްޖާ ބަލިވެއިންކަން އެނގުނީ އެހިސާބުންނެވެ.

ޓެސްޓުތައް ހެދުމަށްފަހު ޑރ. ޖެރާޑޯ ލޮޒާރާ އެންގީ އޭނާ ބަނޑުބޮޑުކަމަށާއި، ބަނޑަށް 7 މަސް ވެފައިވާ ކަމަށެވެ. އެހާ ހަގު އުމުރެއްގައި ބަލިވެއިނދެދާނެ ކަމަށް ޤަބޫލުކުރަން ލީނާގެ މައިންބަފައިންނަށް ދަތިވެ، އޭނާ ސްޕެޝަލިސްޓަކަށް ދެއްކިއެވެ. ނަމަވެސް، އިތުރަށް ބެލިބެލުމުންވެސް ޔަޤީންވީ 5 އަހަރުގެ ލީނާ ބަލިވެއިން ކަމެވެ.

މިކަން އެނގުމާއެކު ޑޮކްޓަރުން ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެވެ. އަދި މިކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް ހައްޔަރުކޮށްފައި ވަނީ އޭނާގެ ބައްޕަ، ޓިބުރޭލޯ މަޑީނާއެވެ. ލީނާގެ ބައްޕަ އޭނާ ރޭޕްކުރިކަމުގެ އެއްވެސް ހެއްކެއް ނުލިބި، އެއް ހަފްތާގެ ތަޙުޤީޤަކަށް ފަހު ފުލުހުންނަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ. ދެވަނައަށް ޝައްކުކުރެވުނީ ނަފްސާނީ މައްސަލަތަކެއް ހުރި، ލީނާގެ ދެބެންގެދެދަރި ފިރިހެން ކުއްޖަކަށެވެ. ނަމަވެސް މިފަހަރުވެސް އެއްވެސް ހެއްކެއް ނެތުމުން ފުލުހުން ޖެހުނީ އޭނާ ދޫކޮށްލާށެވެ. މިކަމާ ގުޅިގެން މަންމަ ކައިރީގައި ބަހައްޓައިގެން ލީނާއާ ސުވާލުކުރުމުން އެކަމާ ގުޅޭ އެއްވެސް ޖަވާބެއް ނުދެވުނެވެ. އެންމެ ފަހުން ފުލުހުން ޖެހުނީ މައްސަލަ ދޫކޮށްލާށެވެ.

ލީނާ ވިއްސި ދުވަހު ދަރިފުޅު އުރާލައިގެން ނަރުސް މީހާ

ލަ ޕްރެސް މެޑިކަލް ޖަރނަލްގައި ބުނެފައިވާ ގޮތުގައި ސިޒޭރިއަން ހަދައިގެން ލިނާ ވިއްސާފައިވަނީ އޭނާގެ އުމުރުން 5 އަހަރާއި 7 މަހާއި 21 ވަނަ ދުވަހުގައެވެ. ޖެރާޑޯ މަޑީނާގެ ނަން ދީފައިވާ މި ފިރިހެން ކުއްޖާ އުފަންވި އިރު 2.7 ކިލޯ ހުއްޓެވެ.

މީޑިއާގެ ޕްރެޝަރު ބޮޑުވެ، ލީނާގެ މަންމަ ވަނީ އޭނާގެ އުމުރުން އެންމެ 3 އަހަރުގައި ބާލިޣުވެފައިވާ ކަމަށް އެއްބަސްވެފައެވެ. ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އޭނާ ބާލިޣުވެފައި ވަނީ އުމުރުން 18 މަހުގައެވެ. ލީނާއަށް މިހެން ދިމާވީ ޕްރިކޯޝަސް ޕިއުބަޓީ ކިޔާ ކޮންޑިޝަނެއް މެދުވެރިވެގެނެވެ. މިކަމުގެ ސަބަބުން ޅަ އުމުރުގައި ޖިންސީ ގުނަވަންތައް ހެދިބޮޑުވާލެއް އަވަސްވެއެވެ. މިކަން ދިމާވުމަށް މެދުވެރިވާ ސަބަބު މިހާތަނަށް ޔަޤީންކޮށް ހޯދިފައެއް ނުވެއެވެ.

ލީނާ އާއި ލީނާގެ ދަރިފުޅު (ވ)

ލީނާގެ އާދަޔާޚިލާފު ހެދިބޮޑުވުމާ ބެހޭ ދިރާސާތައް ކުރުމަށް އެކި ފަރާތްތަކުން ވަނީ އޭނާގެ އާއިލާއަށް ހުށައަޅާފައެވެ. ނަމަވެސް އޭނާގެ މަންމަ ބޭނުންވީ ލީނާއާއި ލީނާގެ ދަރިފުޅަށް އާދައިގެ ދިރިއުޅުމެއް ލިބޭށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ދިން ފައިސާއެއް އޭނާ ބޭނުމެއް ނުކުރެއެވެ.

ލީނާގެ އުމުރުން މިހާރު 87 އަހަރު ވެފައިވާއިރު، އޭނާގެ ދަރިފުޅު ޖެރާޑޯގެ ބައްޕައަކީ ކާކުކަން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެނގޭހާވެސް އެއްޗަކީ ލީނާއަކީ ވެސް ކުޑައިރު ޖިންސީ ގޯނާ ތަޙައްމަލު ކުރަން ޖެހުނު ކުއްޖެއް ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
16
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *