ސަލްމާން ރަސްގެފާނު މިސްކިތް ވަގުތީ ގޮތުން ހުޅުވައިފި

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިލޭ އެހީފުޅުގެ ދަށުން މާލޭގައި އިމާރާތްކުރެއްވި ބިޔަ ބޮޑު މިސްކިތް، މިއަދުގެ ހުކުރު ނަމާދާއެކު ވަގުތީ ގޮތުން ހުޅުވައިފިއެވެ. ނުވަ ހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް، މާލޭ އިރުއުތުރު ފަރާތުގައި ކުރީގެ ސޯމިލް ކުރިމަތީން އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ ފަސް ބުރީގެ "މަސްޖިދު މަލިކު ސަލްމާން"ގައި ކުރި ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޝައިޚު އިލްޔާސް ހުސެއިންނެވެ. މިއަދުގެ މައުޟޫ އަކީ "ރަމަޟާން މަހަށް … Continue reading ސަލްމާން ރަސްގެފާނު މިސްކިތް ވަގުތީ ގޮތުން ހުޅުވައިފި