Support Us

ފޮޓޯ ފީޗަރ: ތަކަންގެ ހިތްގައިމު ފޮޓޯ ނެގުމުގެ ހުނަރު

މިއީ އޭނާ މަޖަލަކަށް ނަގާ ފޮޓޯތަކެކެވެ.

ސްކޫލް ދައުރުއްސުރެ އަހުމަދު އާމިރު އެންމެ މަޝްހޫރުވެފައި ވަނީ މޮޅު ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދެން، ނަން ބޯޑު ހެދުމާއި ބެކްޑްރޮޕް ފަދަ ތަކެތި ހަދާ "ސައިންއޯފްރޭމް"ގެ ވެރިޔާގެ ގޮތުގަ އެވެ. ގުދުރަތީ ނަލަކަމާއި ފަރިކަން ދައްކުވައިދޭ ކިތަންމެ ރީތި ފޮޓޯތަކެއް އޭނާގެ އިންސްޓާގްރާމާއި ފޭސްބުކްގައި ހުރި ނަމަވެސް ފޮޓޯ ނެގުމަކީ އޭނާގެ ރަސްމީ މަސައްކަތެއް ނޫނެވެ.

"ލިބޭ ހުސް ވަގުތުގައި މަޖަލަކަށް ކުރާ ކަމެއް ފޮޓޯ ނެގުމަކީ،" ރައްޓެހިގެން ތެރޭގައި "ތަކަން އާމިރު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ހުނަރުވެރިޔާ، 51، ބުންޏެެވެ. "ގުދުރަތީ މަންޒަރުތައް ބޮޑަށް ނެގިފައި ހުންނާނީ. ނަގާ ހިތް ވަނީ ވެސް."

ތަކަންގެ އިންސްޓާގްރާމާއި ފޭސްބުކްގައި ލާފައި ހުންނަ ފޮޓޯތައް ފެނުމުން ގަބޫލްކުރެވެނީ އެއީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ވަރަށް މޮޅު ކެމެރާއަކުން ނަގައިފައި ހުންނަ ފޮޓޯތަކެއް ކަމަށެވެ.

"ނޫން. އެއީ ހަމަ ފޯނުން (އައިފޯން 10) ނަގައިފައި ހުންނަ ފޮޓޯ. ރަށަކަށް ދެވުނަސް، އަދި ގެއިން ބޭރަށް ދެވުނަސް، އެކަހަލަ މަންޒަރެއް ފެންނަ ފަހަރަކު ފޮޓޯއެއް ނަގާލަނީ ފޯނުން. ގިނައިން ނެގިފައި ހުންނާނީ ސައިންރައިސް އާއި ސަންސެޓު (އިރު އަރާ/އޮއްސޭ) ފޮޓޯތައް."

މިއީ ތަކަންގެ ހުރި ހަމައެކަނި ދަރިފުޅު، އުމުރުން 14 އަހަރުގެ ޖުމެއިރާ އަހުމަދު އާމިރު މޫދަށް އެރި އުޅެނިކޮށް ތަކަން ނަގައިފައިވާ ފޮޓޯއެކެވެ. ސީނިއަރ ނެޝަނަލް ސްވިމިން ޓީމުގައި ހިމެނޭ ޖުމެއިރާ އަކީ ވަރަށް މޮޅު ކުރެހުންތެރިއެކެވެ.

ތަކަންގެ ފޮޓޯތައް ބަލައިލާ ކޮންމެ މީހެއްގެ ހިތަށް ވެސް ތަފާތު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް އިހުސާސްކުރެވޭކަން ޔަގީނެވެ. ފޮޓޯތައް އިންސްޓާގްރާމާއި ފޭސްބުކަށް ލުމުން ވަރަށް ގިނަ ރައްޓެހިން ތައުރީފުކޮށް، ހިތްވަރުދެނީ އެހެންވެގެން ކަމަށް ވެދާނެ އެވެ.

"އެހެންވެ ފޮޓޯ ނެގުމަށް އިތުރު ހިތްވަރެއް ވެސް ލިބޭ،" ތަކަން ބުންޏެވެ. "ނަގާ ކޮންމެކޮންމެ ފޮޓޯއެއް އެފް.ބީ އަދި އިންސްޓާއަކަށް ނުލަން. ހާއްސަ ފޮޓޯތައް ލަނީ. މާބޮޑު އެޑިޓެއް ވެސް ނުކުރަން."

މަތީގައި އެވާ ފޮޓޯގައި ތަކަންގެ އޭނާގެ އަންހެނުން މާނު ޒާހިރު ޓެގްކޮށް ނަސޭހަތެއް ދެމުން ބުނެފައިވެއެވެ: "ފުރުސަތު ލިބޭނެ ކަމަށް މަޑުނުކުރާށެވެ. އެ ފުރުސަތު ހޯދާށެވެ."

ތެދެކެވެ. ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމަ ވާނީ އެކަމުގެ އެންމެ ރަނގަޅު ދަނޑިވަޅުގައި ކުރީމަ އެވެ. ސިކުންތެއްގެ ބައިކުޅަ ބައި އިސްފަސްވިޔަސް ވެސް މަންޒަރު ތަފާތު ވެދާނެ ތަކަންގެ މި ފޮޓޯތައް ބަލައިލުމުން ކިތަންމެހާ ވެސް ރަނގަޅަށް އެނގޭނެ އެވެ.

އިތުރު ފޮޓޯތައް: 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
252111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *