Support Us

ނައިޓް ސީރީޒްގެ ސިލްވާ އަތުކުރީ ގަޑިއެއް ޝަލަބީ އަށް ހަދިޔާކުރަނީ

ރާއްޖޭގެ އެންމެ ފުރަތަމަ އަތުކުރި ގަޑީގެ ބްރޭންޑް އެމްބެސަޑަރަކަށް ޝަލަބީ

ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އަތުކުރި ގަޑީގެ ބްރޭންޑް ކަމުގައިވާ މޯލްޑިވްސް ވޭވްގެ އެމްބެސަޑަރަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަަލަބީ އިބްރާހިމް ހަަމަޖައްސައިިފި އެވެ.

ޝަލަބީއާ އެމްބެސަޑަރުކަން ހަވާލުކޮށްފައިވަނީ މިއަދު މެންދުރު ފަހު މޯލްޑިވްސް ވޭވް އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި އެ ބްރޭންޑްގެ ނައިޓް ސީރީޒްގެ ސިލްވާ އަތުކުރީ ގަޑިއަކާއި އެ ބްރޭންޑްގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ ރޭވަ ގަޑިއެއް ޝަލަބީއަށް ވަނީ ހަދިޔާކޮށްފަ އެވެ. އެ ގަޑީގައި ދިވެހި ދިދަ ރަމްޒުކޮށްދޭ ނިޝާނެއް ހުރެ އެވެ.

ޝަލަބީ "އަދިވެސް" އަށް މައުލޫމާތު ދެމުން މިއަދު ބުނީ ދިވެހި ރާއްޖޭގެ ފުރަތަމަ އަތުކުރީ ގަޑީގެ ބްރޭންޑްގެ އެމްބެސަޑަަރުކަން ލިބުމުން ވަރަށް އުފާކުރާާ ކަމަށާއި އޭނާއާ އެ ހަވާލުވީ ވަރަށް ބޮޑު ޒިންމާއެއް ކަމުގައި ދެކޭ ކަަމަށެވެ.

މޯލްޑިވްސް ވޭވްގެ އެމްބެސަޑަރުކަމުގެ ލިއުމުގައި ޝަލަބީ އަދި ޒާޖީ އިސްމާއިލް ސޮއިކުރަނީ

"އަހަރެންނަކީ ގަޑިއަޅާ ވެސް މީހެއް ނޫން. ވަރަށް އަގު ބޮޑެތި ބްރޭންޑްތައް ވެސް ރާއްޖޭގައި އެބަހުރި. ނަމަވެސް މިއީ ވަރަށް ރީތި ގަޑިއަށްވެފައި، ދިވެހި ބްރޭންޑެއް އެޅުމަކީ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ދެކެންް، އިރާދަކުރެއްވިއްޔާ މި ބްރޭންޑްގެ އަގު ހިފަަހަައްޓާނަން،" ޝަލަބީ ބުންޏެވެެ.

މޯލްޑިވްސް ވޭވްގެ ފައުންޑާ މުހައްމަދު ޒާޖީ އިސްމާއިލް "އަދިވެސް" އަށް މައުލޫމާތު ދެމުން ބުނީ އެ ބްރޭންޑްގެ ފުރަތަމަ އެމްބެސަޑަރަކަށް ޝަލަބީ ހަމަޖައްސާފައި ވަނީ ޝަލަބީ އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ގިނަ ބައެއްގެ ތާއީދު އޮތް މަޝްހޫރު ލަވަކިޔުންތެރިއަކަށް ވާތީ ކަމަށެވެ.

"ޝަލަބީ އަކީ އެހާމެ ހުނަރުވެރި ގިނަ ބަޔަކު ލޯބިވާ މަޝްހޫރު ލަވަކިޔުންތެރިއެއް އެހެންވެ ޝަލަބީ މި ބްރޭންޑްގެ ފުރަތަމަ އެމްބެސަޑަރަަށް ހަމަޖެއްސީ،" ޒާާޖީ ބުންޏެވެ.

ޝަލަބީ ހަމަޖައްސާފައި ވަނީ މޯލްޑިވްސްް ވޭވްގެެ ހުރިހާ އަތުކުރި ގަޑި ސީރީޒްތަކެއްގެ އެމްބެސަޑަރަށް ކަމަށާއިި ކުރިއަށް އޮތް ތަނުގައި އެ ބްރޭންޑްގެެ އިތުުރު އެމްބެސަޑަރުންތަކެއް ފެނިގެން ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މޯލްޑިވްސް ވޭޭވް ބްރޭންޑްގެ ފުރަތަމަ އަތުކުރީ ގަޑިއަކީ "ނައިޓް ސީރީޒް" ގެ ނަންދީފައިވާ ގަޑިއެކެވެ. އެ ސީރީޒްގެ ސިލްވާ އަދި ޑާކް ހިމެނެ އެވެ. މި ސީރީޒްގެ ގަޑިތައް އުޅެނީ 1800ރ އާއި 2300ރ އަށެެވެ. މިސީރީޒްްގެ ގަޑިތަކަށް މިހާރު މިވަނީ 50 އިންސައްތައިގެ ޑިސްކައުންޓެއް ވެސް ދީފަ އެވެ. މޯލްޑިވްސް ވޭވް ބްރޭޭންޑްގެ އެންމެ ފަހުގެ އުފެއްދުމަކީ އިރުވައި މޫސުމާ ގުޅުވައިގެން ނަންދީފައިިވާ "ރޭވަަ" ސީރީޒް އެވެ. އަދި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އަށެއް ނޫޫނީ ދިހަ ސީރީޒްގެ އަތުކުރީ ގަޑި ލޯންޗްކުރާނެ ކަމަށް ވެސް ޒާޖީ ބުންޏެވެ.

"އަންނަ މަހު ނެރޭ ގަޑިތަކަކީ ލައިފް ލޯންޗް ކަމަރުތަކެއް ހިމެނޭ ގޮތަށް 24 ކުލައެއް ބަދަލު ކުރެވޭނެ، މާނަ އަކީ ކަމަރު ބަދަލުކުރެވޭނެ،" ޒާޖީ ބުންނެވެ.

އަތުކުރީ ގަޑީގެ ފުރަތަަމަ ބްރޭންޑެއް "މޯލްޑިވްސް ވޭވް"ގެ ނަމުގައި އުފައްދައި އެކުންފުނި ހިންގަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ކަމަށާއި އެ ވިޔަފާރި ވަރަށް ވެސް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށް ޒާޖީ ބުންޏެވެ.

"ކުޑަ އިރުއްސުރެ ލޯބިކުރާ އެއްޗެއް އަތުކުރި ގަޑިއަކީ، އަމިއްލަ ބްރޭންޑެއް އުފެއްދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް،" ޒާޖީ ބުންޏެެވެ. "މި ބްރޭންޑް މިހާ ހިސާބަށް ގެނައުމުގައި އެެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ ބައްޕަ އިސްމާއިލް ސުޖާއުގެ ފަރާތުން، ބައްޕަގެ އައިޑިއާސް ވަރަށް ލިބޭ މި ވިޔަފާރި ކުރިއަރުވަން."

މީގެ އިތުރުން މި ބްރޭންޑްގެ ގަޑިތައް ޑިޒައިން ކުރުމުގަައި އަޒުމަތު އިބްރާހިމް އަދި ވެބްޑިޒައިން ކުރުމުގައި އަހުޒަމް އިބްރާހިމް އަދި ކަސްޓަމާ ސާވިސް ބައިގައި މުއައްވިޒް އަބްދުﷲ އާއި ބްރޭންޑް މާކެޓިން އާއި ފޮޓޯގްރަފީގެ މަސައްކަތުގައި ހަރަކާތްތެރިވާ ޔައީޝް ޝިފާއު (ޔީޓޯ) އާ ނުލައި މި ވިޔަފާރި މިހާ ހިސާބަަށް ނުގެނެވުނީސް ކަމަށް ޒާޖީ ބުންޏެވެ.

މޯލްޑިވްސް ވޭވް ބްރޭންޑްގެ ގަޑިތަކުން މިނިވަން ދުވަހާ ގުޅިގެން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން މި ޖުލައި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެ ބްރޭންޑްގެ ކޮންމެ ގަޑިއެއްގެ އަގަކީ 1499 ރުފިޔާ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
39
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *