ދިވެހިންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމުން ކަސްޓަމަރުންގެ ޝަކުވާތައް އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ. އެ ޝަކުވާތައް މީސްމީޑިއާގައި އަބަދު ދައުރުވަމުންދެއެވެ.
މިހާރު ދައުރުވަމުންދާ ޕޯސްޓްތަކުގެ ތެރޭގައި ހިމެނޭ އެއް ޕޯސްޓަކީ އިއްޔެ ދިމާވި މި ހާދިސާއެވެ. ރައްޓެއްސަކަށް ކަމެއް ޖެހިގެން އެހީތެރިކަމަށް އެދުމުން އެކައުންޓުން ޓްރާންސްފަރއެއް ކޮށްލަން ބަލައިލިއިރު އޭނާގެ ތިން އެކައުންޓުންވެސް ދައްކަނީ "0″ ކަމަށް އަބްދުﷲ ވަހީދު ބުނެއެވެ. އޭނާ ބުނީ "މިއަދު މެންދުރު ފަހުން ފެށިގެން އިރު އޮއްސުމާ ހަމައަށް މި ދިޔައީ މި ޙާލެއްގައި،" ކަމަށެވެ.

ރުޅި ގަދަވެފައި ހުރި އެހެން ކަސްޓަމަރަކު މިއާ ވިއްދައިފައި ފޭސްބުކްގައި ބުނެފައި ވަނީ މާ ހެއްވާ އެއްޗެކެވެ.
ހީނހީނ ހަލާކުވެދާނެއެވެ.
ބީ.އެމް.އެލްގެ އިހުމާލުން، ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތް ދާދި ފަހުން ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.



advertisment

