Support Us

ޓިކްޓޮކް ވީޑިއޯއަކަށް ނަށަނީ

އެމެޒޮންގެ މުވައްޒަފުންގެ ފޯނުން ޓިކް ޓޮކް ޑިލީޓް ކުރުމަށް އެންގީ އޮޅިގެން

އިންޓަނެޓް މެދުވެރިކޮށް ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި އެމެޒޮންގެ މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލެއްގައި އަންގާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޖުލައި 10 ގެ ކުރިން އެމީހުންގެ ފޯނުން ޓިކް ޓޮކް ޑިލީޓް ކުރުމަށެވެ. އެމެޒޮންގެ އީމެލްއަށް ވަނުމަށް ބޭނުންކުރާ ހުރިހާ އާލާތްތަކަކުން ޓިކް ޓޮކް ޑިލީޓް ކުރުމަށް މި އެންގުމުގައިވެއެވެ.

މި ކަމާ ގުޅިގެން ޓިކް ޓޮކުން ނެރެފައިވާ ބަޔާނުގެ ބުނެފައި ވަނީ އެމެޒޮންއިން މި ކަމާ ބެހޭ ގޮތުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާތީ އެމީހުންގެ ކަންބޮޑުވުން ނޭނގޭ ކަމަށާއި ވާހަކަ ދައްކަން ތައްޔާރަށް ހުރި ކަމަށެވެ.

އެމެރިކާގައި ފަސް ލައްކަ އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅޭ އެމެޒޮންއިން މި މައްސަލާގައި މީޑިއާ އަށް ކޮމެންޓް ކުރުމަށް އެދުމުން ފުރަތަމަ އިޖާބަދީފައެއް ނުވެއެވެ. ނަމަވެސް އެމަޒޮންގެ މި ނިންމުމަކީ ޚުދުމުޚްތާރު ނިންމުމެއް ކަމަށް ބުނެ މީސް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެމަޒޮންގެ ތަރުޖަމާނު ފަހުން ވިދާޅުވެފައިވަނީ ހުކުރު ދުވަހު ހެނދުނު ބައެއް މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލަކީ "އޮޅިގެން ފޮނިވިފައި"ވާ އީމެއިލެއް ކަމަށެވެ.

ދުނިޔޭގެ ތާރީޚުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ މީސް މީޑިއާ ޕްލެޓްފޯމް ޓިކް ޓޮކަށް ޗައިނާ ނޫން ގައުމުތަކުން ދަނީ ވަރަށް ބޮޑަށް ފާރަވެރި ވަމުންނެވެ. ޖޫން މަހު އިންޑިއާ އިން ވަނީ ޓިކް ޓޮކާއި ޗައިނާގެ އެހެން އެޕްތައް މަނާކޮށްފައެވެ.

އެމެރިކާގެ ޒުވާނުންގެ މެދުގައި މަޤުބޫލު ޓިކް ޓޮކް ގައުމީ ސަލާމަތަށް ނުރައްކާ ކަމަށް ބުނެ އެމެރިކާގައި  ޓިކް ޓޮކް މަނާ ކުރުމަށް ރައީސް ޓްރަންޕުގެ ސަރުކާރުން ވިސްނަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ވަނީ މި ހަފްތާގެ ކުރީކޮޅު ވިދާޅުވެފައެވެ.

ވީޑިއޯ ޚިއްސާ ކުރުމަށް މަޝްހޫރު ޓިކް ޓޮކް އެޕަކީ ޗައިނާގެ ކުންފުޏެއް ކަމުގައިވާ ބައިޓް ޑާންސްގެ އުފެއްދުމެކެވެ. ގާތްގަނޑަކަށް ދެ ބިލިޔަން ފަހަރު ޑައުންލޯޑް ކޮށްފައިވާ ޓިކް ޓޮކް އެމެރިކާގައި އެކަނިވެސް 170މިލިޔަން ފަހަރު ޑައުން ލޯޑްކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *