Support Us

ކުރު ވާހަކަ: ދެ ލީޑަރެއްގެ ހޮވުން

ވަރަށް ކުރީގައި، އެވޭލާ ޒަމާނު، އިނބަގެއާއި އަހުރެންގެ ވެސް ކާފައާއި މާމަމެން ވެސް ދުނިޔެއަށް އައުމުގެ މާކުރިން، ރަހުމަތްތެރި ދެ ލީޑަރަކު ބައްދަލުވެ، ސަލާން ގަލާންކުރުމަށް ފަހު، ވާހަކަ ދައްކަމުން ދިޔައެވެ.

ޖަރުމަނު ވިލާތުގެ ލީޑަރު ބުންޏެވެ. އަހަރެންގެ ކުރިމަތީ އޮތީ ދެ ގޮތެކެވެ. ގައުމުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކޮށް ޖަރުމަނުވިލާތަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބާރުގަދަ ގައުމަކަށް ހަދާލުމެވެ. ނޫނީ، އެ ގޮތް މިގޮތް ހަދައިގެން، ވެރިކަމަށް އައިސް، އަދި އެގޮތް މިގޮތް ހަދައިގެން ވެރިކަމުގެ ގޮނޑީގައި ފޫ ހިއްޕާލައިގެން، އެއީ އަހަރެންގެ އަމިއްލަ މިލްކެއް ކަމަށް ހަދާލާފައި، ދައުލަތުގެ ޚަޒާނާއިން ނަގައިގެން އަހަރެންނާއި އަހަރެންގެ އާއިލާ މުއްސަނދި ކުރުމެވެ. މި ދެގޮތުން ކުރެ، އަހަންނަށް ފެނުނީ ފުރަތަމަ ގޮތް ރަނގަޅު ކަމަށެވެ. އެހެންވެ، އަހަރެން ބޭނުންވީ ފުރަތަމަ ގޮތެވެ. އަހަރެންގެ ގައުމު މުއްސަނދިކޮށް، އަހަރެންގެ ގައުމުން ފަގީރުކަމާއި މުހުތާދުކަން ނައްތާލައި، އަހަރެންގެ ގައުމަކީ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އޮތް، އިއްޒަތާ ގަދަރު ހުރި، ބާރުގަދަ ގައުމަކަށް ހަދާލުމެވެ.

ދެން ދިވެހި ލީޑަރު ބުންޏެވެ. ވަރަށް ވެސް ދެރައެވެ. ތިވީ ގޮތުން އަހަންނަށް ލިބޭނީ ބާކީ އޮތް އެއްޗެއްތާއެވެ. އެހެންވެ، އެކަމާ އެއްވެސް ޝަކުވާއެއް ނުކޮށް، އަހަރެން ދެވަނަ ގޮތް އިޚްތިޔާރުކޮށްފީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *