Support Us

އަންހެން އިސްވާރުން ވެރިކަމުގައި ތިއްބެވީ ކޮން ޤައުމުތަކެއްގައި؟

ދިވެހިރާއްޖެ ވެސް ހިމެނޭހެން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ވަރަށް ގިނަ އަންހެން ބޭފުޅުން ވަނީ ވެރިކަންކުރައްވައިފައެވެ. އަވަށްޓެރި ޤައުމުތައް ކަމަށް ވާ އޮޅުދޫކަރައިގެ ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް އަންހެން ބޭފުޅުން ކުރައްވައިފައިވެއެވެ. އުތުރުކަރައިގެ ރައީސަކަށް ވެސް ދާދި ފަހުން އަންހެން ބޭފުޅަކު ހުންނެވިއެވެ. އެކި ޤައުމުގައި އިސްވާރުންގެ ގޮތުގައި ތިއްބެވި އަންހެން ބޭފުޅުންގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އެހެންކަމުން އެ ދިގު ލިސްޓަށް ބަލައިނުލައި މިއަދު މި ބަލައިލަނީ މި ވަގުތު ދުނިޔޭގެ އެކި ޤައުމުތަކުގައި އަންހެން ބޭފުޅުން އިސްވާރުންގެ ގޮތުގައި ތިއްބެވި ޤައުމުތަކަށެވެ. މި ލިސްޓްގައި ޤައުމުތައް ތަރުތީބު ކޮށްފައި މި ވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމުގައި ހޭދަކުރެއްވި މުއްދަތުގެ ތަރުތީބުންނެވެ. އެންމެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވި އިސްވާރު ހުންނެވި ޤައުމު އެންމެ ފުރަތަމައަށް ލިސްޓްކުރާ ގޮތަށެވެ.

ޖަރުމަނު ވިލާތް (އާބާދީ: 8 މިލިއަން)

ޖުމްލަ 93 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ޖަރުމަނު ވިލާތުގެ ޗާންސެލަރު (އެންމެ އިސްވެރިޔާ) ގެ މަޤާމުގައި މިހާރު ހުންނެވީ އެންޖެލާ މާރކަލް އެވެ. އެކަމަނާ އެ މަޤާމުގައި ހުންނަވާތާ 15 އަހަރާއި ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ކަމަނާ އެ މަޤާމާ ޙަވާލުވެވަޑައިގަތީ 22 ނޮވެންބަރު 2005ގައެވެ.

ބަނގްލާދޭޝް (އާބާދީ:164.7 މިލިއަން)

ޝެއްޚު ހަސީނާއަކީ މުސްލިމް ބަންގްލާދޭޝްގައި މިއަދު ހުންނެވި އިސްވާރެވެ. އެތައް ފަހަރަކު އެ މަޤާމު ފުރުއްވައިފައިވާ ޝެއިޚު ހަސީނާ މި ފަހަރު ބޮޑުވަޒީރުކަމުގައި ޙަވާލުވަޑައިގަތީ 6 ޖަނަވަރީ 2009ގައެވެ. އެހެންކަމުން ބަނގްލާދޭޝްގެ ބޮޑުވަޒީރުކަމުގައި މެދުނުކެނޑި އެކަމަނާ ހުންނަވާތާ 12 އަހަރާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ނޯވޭ (އާބާދީ: 4 މިލިއަން)

ދުނިޔޭގެ ކުރިއަރައިފައިވާ ވިލާތުގެ ގައުމެއް ކަމުގައިވާ ނޯވޭގައި ބޮޑުވަޒީރުކަމުގެ މަޤާމުގައި މިއަދު ހުންނެވި އިސްވާރަކީ ވެސް ހީވާގި އަންހެން ބޭފުޅެކެވެ. އާރނާ ސޮލްބާރގް ނަމަކަށް ކިޔާ ބޭފުޅެކެވެ. އެކަމަނާ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ 16 އޮކްޓޯބަރު 2013ގައެވެ. އެހެންކަމުން އެ މަޤާމުގައި އެ ކަމަނާ ހުންނަވާތާ 7 އަހަރާއި 4 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ނޭޕާލް (އާބާދީ: 1 މިލިއަން)

ހިމާލިޔާގެ އުސް ފަރުބަދަތަކުގެ ސަރަހައްދުގައި ފަރުބަދަތަކުން ތަޅުލެވިފައި އޮންނަ ބުދު ދީނުގެ ޤައުމެއް ކަމަށްވާ ނޭޕާލުގައި 29 އޮކްޓޯބަރު 2015 ން ފެށިގެން ރައީސްކަމުގެ މަގާމުގައި ހުންނަވަނީ އަންހެން ބޭފުޅެއް ކަމަށްވާ ބިދްޔާ ދޭވީ ބަންޑާރީއެވެ. އެ ކަމަނާ ވެރިކަމުގައި ހުންނަވާތާ 5 އަހަރާއި 3 މަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ތައިވާން (އާބާދީ: 6 މިލިއަން)

ޞިނާއީ ގޮތުން ވަރަށް ކުރިއަރައިފައިވާ ޤައުމެއް ކަމަށްވާ ތައިވާނުގެ މިއަދުގެ ރައީސަކީ ސައި އިން ވެންއެވެ. އެ ކަމަނާ ރައީސްކަމާ ޙަވާލުވެވަޑައިގަތީ 20 މެއި 2016ން ފެށިގެންނެވެ. ވެރިކަމުގައި ހުންނަވާތާ 4 އަހަރާއި 9 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އެސްތޯނިއާ (އާބާދީ: 3 މިލިއަން)

ކާރސްތީ ކަލްޔުވައިދުއަކީ މިއަދު އެސްތޯނިއާގެ ރައީސެވެ. 10 އޮކްޓޯބަރު 2016ން ފެށިގެން އެ ކަމަނާ ރައީސްކަމުގައި ހުންނަވާތާ 4 އަހަރާއި 4 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެސްތޯނިޔާއަކީ ޔޫރަޕްގެ ޤައުމެކެވެ.

ސާރބިއާ (އާބާދީ: 7 މިލިއަން)

އާބާދީގެ ގޮތުން ދުނިޔޭގެ 99 ވަނައަށް ލިސްޓްކުރެވިފައިވާ ސާރބިއާގެ މިހާރުގެ ބޮޑުވަޒީރަކީ އަނާ ބްރްނަބިޗެވެ. އެކަމަނާ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތީ 29 ޖޫން 2017ގައެވެ. ވެރިކަމުގައި ހުންނަވާތާ 3 އަހަރާއި 7 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސާބިއާއަކީ ވެސް ޔޫރަޕްގެ ޤައުމެކެވެ.

ސިންގަޕޫރު (އާބާދީ:7 މިލިއަން)

ދެކުނު އިރުމަތީ އޭޝިއާގެ ކުޑަކުޑަ ޤައުމެއްކަމުގައިވާ ސިންގަޕޫރަކީ ޞިނާޢީ ގޮތުން ވަރަށް ކުރިއަރައިފައިވާ ވަރަށް މަޝްހޫރު ޤައުމެކެވެ. މި ޤައުމުގައި މިއަދު ރައީސްކަމުގެ މަޤާމުގައި ހުންނަވަނީ މުސްލިމް އިސްވާރެއް ކަމުގައިވާ ޙަލީމާ ޔަޢުޤޫބެވެ. އެކަމަނާ 14 ސެޕްޓެމްބަރު 2017 ން ފެށިގެން ރައީސްކަމުގެ މަޤާމުގައި ހުންނަވާތާ 3 އަހަރާއި 5 މަސް ދުވަސް ވެއްޖެއެވެ.

ނިއު ޒީލޭންޑް (އާބާދީ: 5 މިލިއަން)

ޖެސިންދާ އާރޑަރންއަކީ ދުނިޔޭގައި މިއަދު ނަން ހިނގާ އިސްވާރެކެވެ. މަޤުބޫލު ޝަޚުޞިއްޔަތެކެވެ. ނިއުޒީލޭންޑްގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެކަމަނާ ހުންނަވާތާ 3 އަހަރާއި 3 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މަޤާމާ ޙަވާލުވެވަޑައިގަތީ 26 އޮކްޓޯބަރ 2017ން ފެށިގެންނެވެ.

އައިސްލޭންޑް (އާބާދީ: 4 ލައްކަ)

ދުނިޔޭގައި އާބާދީގެ ގޮތުން މާ ބޮޑު ނޫނަސް ތަރައްގީގެ ގޮތުން މުޅި ދުނިޔޭގައި 4 ވަނައަށް ލިސްޓްކުރެވިފައިވާ އައިސްލޭންޑަކީ އެޓްލާންޓިކް ކަނޑުގެ އުތުރުގައި އޮންނަ ޤައުމެކެވެ. މި ޤައުމުގެ އިސްވާރަކީ ކަތްރީން ޖަކޮބްސްޑޮޓިރެވެ. އައިސްލޭންޑްގެ ބޮޑުވަޒީރުކަމުގެ މަޤާމާ 30 ނޮވެންބަރު 2017ގައި އެ ކަމަނާ ޙަވާލުވެވަޑައިގަތްފަހުން 3 އަހަރާއި 3 މަސް ދުވަސް ވެއްޖެއެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯ (އާބާދީ: 3 މިލިއަން)

ކެރީބިއަންގެ ޤައުމެއް ކަމަށްވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯ ރައީސްކަމުގައި ޕައުލާމައޭ ވީކަސް ހުންނަވާތާ ގާތްގަނޑަކަށް ތިން އަހަރު ވަނީއެވެ. އެ ކަމަނާ ރައީސްކަމާ ޙަވާލުވެވަޑައިގަތީ 19 މާރިޗު 2018ގައެވެ.

ބާރބަޑޯސް (އާބާދީ:8 ލައްކަ)

ކެރީބިއަން ކަނޑުގެ އިރުމަތީގައި އޮންނަ ކުޑަކުޑަ ޤައުމެއް ކަމަށްވާ ބާރބަޑޯސްގެ މިހާރުގެ ބޮޑުވަޒީރަކީ މިއާ މޮޓްލޭއެވެ. ބޮޑުވަޒީރުކަމުގެ މަޤާމުގައި އެ ކަމަނާ ހުންނަވާތާ 2 އަހަރާއި 8 މަސް ދުވަސް ވެއްޖެއެވެ. މަޤާމާ ޙަވާލުވެވަޑައިގަތީ 25 މެއި 2018 ގައެވެ.

އިތިއޯޕިއާ (އަބާދީ: 115 މިލިއަން)

25 އޮކްޓޯބަރ 2018ން ފެށިގެން އިތިއޯޕިއާ (ޙަބަޝާ)ގެ ރައީސްކަމުގައި ހުންނަވަނީ ސަހްލޭ ވޯރްކް ޒެވްޑޭއެވެ. އެ ކަމަނާ ރައީސްކަމުގައި ހުންނަވާތާ، 2 އަހަރާއި 3 މަސް ދުވަސްވެއްޖެއެވެ. އިތިއޯޕިއާއަކީ އެފްރިކާގެ ޤައުމެކެވެ.

ޖޯޖިއާ (އާބާދީ:9 މިލިއަން)

ޖޯޖިއާއަކީ އެމެރިކާގެ ސްޓޭޓެއް ކަމުގައި ބެލިޔަސް އެއީ ދާޚިލީ މިނިވަންކަން ލިބިފައިވާ ދައުލަތެކެވެ. ރައީސްކަމުގެ މަޤާމުގައި މިހާރު ހުންނެވީ ސަލޯމީ ޒުރަބިޝްވިލީއެވެ. 16 ޑިސެންބަރު2018ގައި ރައީސްކަމާ ޙަވާލުވެވަޑައިގަތް ފަހުން 2 އަހަރާއި 2 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ސްލޮވާކިއާ (އާބާދީ:4 މިލިއަން)

ރީތި ބޭފުޅެއް ކަމުގައިވާ ޒުޒާނާ ޗަޕްދޯވާއަކީ ވިލާތުގެ މެދުތެރޭގައި އޮންނަ ޤައުމެއް ކަމަށްވާ ސްލޮވާކިއާގެ މިއަދުގެ ރައީސެވެ. 15 ޖޫން 2019ން ފެށިގެން އެ ކަމަނާ އެ މަޤާމު ފުރުއްވާތާ 1 އަހަރާއި 8 މަސް ދުވަސް ވެއްޖެއެވެ.

ޑެންމާރކް (އާބާދީ: 8 މިލިއަން)

ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ އަންހެން ބޭފުޅެއް ކަމަށްވާ މެޑޭ ފްރެޑްރިކްސަނަކީ އިރުމަތީ ޔޫރަޕްގެ ޤައުމެއް ކަމުގައިވާ ޑެންމާރކްގެ މިއަދުގެ ބޮޑުވަޒީރެވެ. 27 ޖޫން 2019ން ފެށިގެން މި މަޤާމުގައި ހުންނަވާތާ ގާތްގަނޑަކަށް 2 އަހަރުވަނީއެވެ.

ފިންލަންޑް (އާބާދީ: 5 މިލިއަން)

އުތުރު ޔޫރަޕްގެ ޤައުމެއް ކަމަށްވާ ފިންލަންޑްގެ މިހާރުގެ ބޮޑުވަޒީރަކީ އަނާ މާރިނެވެ. ބޮޑުވަޒީރުކަމުގެ މަޤާމުގައި މިހާރު 1 އަހަރާއި 2 މަހެއްހާ ދުވަސް ހޭދަކުރައްވައިފައިވާ އަނާ މާރިން އެ މަޤާމާ ޙަވާލުވެވަޑައިގަތީ 10 ޑިސެންބަރު 2019ން ފެށިގެންނެވެ.

ގްރީސް (އާބާދީ: 3 މިލިއަން)

ދެކުނު ޔޫރަޕްގެ ޤައުމެއް ކަމަށްވާ ގްރީސްގައި މި ވަގުތު ރައީސްކަމުގެ މަޤާމުގައި ހުންނަނީ ކަތުރީނާ ސަކޭލާރޮޕޮއުލޫއެވެ. ރައީސްކަމުގެ މަޤާމާ އެކަމަނާ ޙަވާލުވެވަޑައިގަތީ 13 މާރިޗް 2020 ގައެވެ. އެ ކަމަނާ އެ މަޤާމުގައި ހުންނަވާތާ މިހާރު އަހަރެއްހާ ދުވަސް ވަނީއެވެ.

ގެބޯން (އާބާދީ: 2 މިލިއަން)

ގޭބޯން (ނުވަތަ ގެބޮނީސް ރިޕަބްލިކް)އަކީ އެފްރިކާގެ ޤައުމެކެވެ. ސަރުކާރުގެ އިސް ވެރިޔާގެ ގޮތުން މި ވަގުތު ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވީ ރޯސް ކްރިސްޓިއާނޭ ރަޕޮންޑާއެވެ. ބޮޑުވަޒީރުކަމާ  އެ ކަމަނާ ޙަވާލުވެވަޑައިގަތީ  16 ޖުލައި 2020ގައެވެ. މަޤާމާ ޙަވާލުވެވަޑައިގަތް ފަހުން އަދި މިވީ އެންމެ 7 މަސް ދުވަހެވެ.

ޓޯގޯ (އާބާދީ: 8.2 މިލިއަން)

ޓޯގޯއަކީ ގާނާއާ އެއްއިންވެގެން އޮންނަ ގައުމެކެވެ. ދެކުނު އެފްރިކާގެ ގައުމެކެވެ. ބޮޑުވަޒީރަކީ ޑޮގްބޭ-ޓޮމެގާހއެވެ. ވިކްޓީރިއޭ ސިޑެމެހޯ ޑޮގްބޭ-ޓޮމެގާހ ޓޯގޯގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރެވުނީ 28 ސެޕްޓެންބަރު 2020 ގައެވެ. މަޤާމުގައި އެންމެ 4 ވަރަކަށް މަސް ހޭދަކުރައްވައިފައިވާ ޑޮގްބޭ-ޓޮމެގާހއަކީ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އިސްކުރެވުނު ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.

ކޮސޯވޯ (އާބާދީ: 7 މިލިއަން)

ދެކުނުއިރުމަތީ ޔޫރަޕްގެ ޤައުމެއް ކަމަށްވާ ކޮސޯވޯގެ މިހާރުގެ ވަގުތީ ރައީސަކީ ވީޖޯސާ އުސްމާނީއެވެ. 5 ނޮވެމްބަރު 2020ގައި އެ ކަމަނާ ވަގުތީ ގޮތުން ރައީސްކަމާ ޙަވާލުވެވަޑައިގަތް ފަހުން އަދި މިވީ ދެތިން ހަތަރު މަހެއްހާ ދުވަހެވެ.

ލިތުއެނިއާ (އާބާދީ: 7 މިލިއަން)

ޔޫރަޕްގެ ޤައުމެއް ކަމަށްވާ ލިތުއޭނިއާގައި ވެސް މި ވަގުތު ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވީ އަންހެން ބޭފުޅެކެވެ. އިންގްރިދާ ޝިމޮޏީޓޭއެވެ. އެކަމަނާ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ، 25 ނޮވެމްބަރ 2020ގައެވެ. ވެރިކަމުގައި އަދި މިވީ ގާތްގަނޑަކަށް ދެތިން މަހެއްހާ ދުވަހެވެ.

މޮލްޑޯވާ (4 މިލިއަން)

އޭޝިއާއާއި ޔޫރަޕާއި ދޭތެރޭގައި އޮންނަ ޔޫރަޕްގެ ޤައުމެއް ކަމަށްވާ މޮލްޑޯވާގެ ރައީސްކަމުގެ މަޤާމުގައި މިއަދު ހުންނެވީ މާއިއާ ސަންޑޫއެވެ. އެކަމަނާ ރައީސްކަމާ ޙަވާލުވެވަޑައިގަތްތާ އަދި މިވި ދެމަހެއްހާ ދުވަހެވެ. ރަސްމީ ގޮތުން މަޤާމާ ޙަވާލުވެވަޑައިގަތީ 24 ޑިސެންބަރު 2020ގައެވެ.

އެސްތޯނިއާ (އާބާދީ:3 މިލިއަން)

އުތުރު ޔޫރަޕްގެ ޤައުމެއް ކަމަށްވާ އެސްތޯނިއާގެ ބޮޑުވަޒީރުކަމާ ކާޖާ ކައްލާސް ޙަވާލުވެވަޑައިގަތީ މިއަހަރުގެ ތެރޭގައެވެ. 26 ޖަނަވަރީ 2021ގައެވެ. އެހެންކަމުން އެ މަޤާމުގައި އެ ކަމަނާ ހުންނަވާތާ އަދި މިވީ ދެތިން ހަފުތާއެކެވެ.

މިއީ މިއަދު ދުނިޔޭގެ އެކި ޤައުމުތަކުގައި އަންހެންބޭފުޅުން އިސްވާރުންގެ ގޮތުގައި ޚިދުމަތްކުރައްވާ ޤައުމުތައް ވަރަށް ގިނައެވެ. މި ފަދަ ޤައުމުތަކުގެ ތެރޭގައި ޔޫރަޕާއި އެފްރިކާއާއި އެމެރިކާއާއި އޭސިއާގެ ޤައުމުތައް ވެސް ހިމެނެއެވެ. މި ވަގުތު 24 ގައުމެއްގައި އަންހެން އިސްވާރުން ތިއްބެވި ނަމަވެސް މި އަދަދު ދުވަހެއް ދުވަހެއް އިތުރުވަމުން އައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މި ހުރިހާ ބޭފުޅުންގެ ޤިޔާދަތުގައި ދުނިޔެއަށް ކުރިއެރުމާއި ފާގަތިކަން ލިބުމަކީ އަޅުގަނޑުމެންގެ އުންމީދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *