ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަން ދަސްކޮށް، ތަޖުރިބާ ހޯދުމަށް ހަ ދޯންޏެއްގައި އިއްޔެ މަހަށްދިޔަ ޅ. ނައިފަރުގެ 80 އަންހެނުން 15 ޓަނުގެ މަސް ބާނައިގެން މިއަދު ހަވީރު ރަށަށް ލަފައިފިއެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، "ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު"ގެ ފަރާތުން އިންތިޒާމްކުރި މި ދަތުރުގައި މި ހަ ދޯނި މަހަށް ފުރީ އިއްޔެ ހަވީރު އެވެ. ރޭގައި އެން ހިފުމަށްފަހު، ކަނޑަށް ނުކުމެ މަސް ބޭނީ ރޭ ފަތިހުން ފެށިގެންނެވެ. މި މަސް ދަތުރުގައި އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ އަންހެނުން ހިމެނެއެވެ.
-ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު