Support Us

އެމެރިކާގެ 46 ވަނަ ރައީސްކަމުގެ މަގާމަށް ޖޯ ބައިޑަން

ވާދަވެރިކަން ބޮޑުވި އިންތިހާބު ކާމިޔާބު ކުރައްވައި، އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ މަގާމު ޖޯ ބައިޑަން ކާމިޔާބުކުރައްވައިފިއެވެ.

މިހާރުގެ ރައީސް ޑޮލްނަޑް ޓްރަމްޕާ ވާދަކުރައްވައި ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވީ، ވައިޓް ހައުސް ކަށަވަރު ކުރެއްވުމަށް މަދުވެގެން ހޯއްދަވަން ޖެހިވަޑައިގަންނަވާ 270 އިލެކްޓޯރަލް ވޯޓުގެ ބަދަލުގައި، މިހާތަނަށް 284 ވޯޓުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގަތީ 214 އެވެ.

މި މަހު ފަހުކޮޅު 78 އަހަރުފުޅު ފުރޭ ބައިޑަން ވެވަޑައިގެންފައި ވަނީ އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާ އެންމެ ދޮށީ ބޭފުޅަކަށެވެ. ބައިޑަން އަކީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސެވެ.


އިންތިހާބު ކާމިޔާބުވިކަން ކަށަވަރުވުމުން ބައިޑަންގެ ޓްވީޓަރގައި ކުޑަ އިރުކޮޅެއް ކުރިން ވަނީ "ޕްރެޒިޑެންޓް އިލެކްޓް" އަށް ބަދަލުކޮށްފައެވެ.

"އެމެރިކާގެ ރައީސަކަށް އަހަރެން ޚިޔާރުކުރީތީ ވަރަށް ފަޚުރުވެރިވަން. ކުރިއަށް އޮތީ ބުރަ މަސައްކަތްތަކެއް. އެހެން ނަމަވެސް އަހަރެން މިކަން ކަށަވަރުކޮށްދެން. އެއީ އަހަރެން ވާނީ އެމެރިކާގެ ހުރިހައި ރައްޔިތުންގެ ރައީސަކަށް. އަހަންނަށް ވޯޓު ލިޔަސް ނުލިޔަސް."

އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ ހުވާ ބައިޑަން ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ 20 ގައެވެ.

ބޮޑު އަޣުލަބިއްޔަތަކުން ޖޯ ބައިޑެން އިންތިހާބު ކުރެއްވި ނަމަވެސް، ރައީސް ޓްރަމްޕު އަދިވެސް ބަލި ގަބޫލެއް ނުކުރައްވައެވެ. ޓްރަމްޕު އެންމެ ފަހުން ކުރެއްވި ޓްވީގުގައި ވެސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާ ކަމަށެވެ. ޓްރަމްޕު ގެންދަވަނީ، ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވެ މައްސަލަތައް އުފުއްލަވަމުންނެވެ. ދޮގު މައުލޫމާތާއެކު ކެނޑިނޭޅި ޓްވީޓުތައް ކުރައްވާތީ ޓްރަމްޕުގެ ގިނަ ޓްވީޓުތަކެއް ވަނީ ސެންސަރުކޮށްފައެވެ. އަދި ވޯޓުގެ ނަތީޖާތަކާ ބެހޭ ގޮތުން އިތުރުފުޅު ހައްދަވައިގެން ވާހަކަ ދެއްކެވުމުން ޓްރަމްޕުގެ ޕްރެސް ބްރީފިން އެއްވެސް ވަނީ ބޮޑެތި މީޑިއާ އޯގަނައިޒޭޝަންތަކެއްގެ ވެބްސައިޓުތަކުން ނަގައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *